logo

ސޯޝަލް މީޑިއާ އެޕްތައް ބޭނުން ކޮށްގެން 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

profile

މުޙައްމަދު ފަޟްލޫން - 16 މާރިޗު 2026 - 08:29

މީހެއްގެ ސޯޝަލް މީޑިއާ އެޕްތައް ކޮމްޕްރޮމައިޒް ކޮށްގެން 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ސްކޭމް ކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ތ. މަޑިފުއްޓަށް އުފަން މީހެކެވެ.

އަދި މި މީހާގެ ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ،

ތުހުމަތުކުރެވެނީ ގިނަ ބަޔަކު ބައިވެރިވެގެން މީހެއްގެ މީސް މީޑިއާގެ އެޕްލިކޭޝަންތައް ކޮމްޕްރޮމައިޒް ކޮށްގެން ދެލައްކައަށްވުރެ ގިނަ ރުފިޔާ ނަގާފައިވާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ފައިސާގެ ތެރެއިން 25،000.00 ރުފިޔާ އޭނާ އެކައުންޓަށް ޖަމާވެފައިވާ ކަމަށާއި، އެފައިސާ މީނާ އޭޓީއެމް މެދުވެރިކޮށް ނަގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ އަދި އެ ފައިސާ ނެގުމަށްފަހު އިތުރު މީހަކަށް ހަވާލުކުރިކަމަށާއ،ި ފުލުހުންނަށް އެއްބާރުލުންދޭ ކަމަށް ކޯޓުގައި ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާއިރު، ސްކޭމާއި ގުޅޭ ތަފާތު އެކި އެކި މައްސަލަތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ފެންމަތިވަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk