logo

އެކްސިޑެންޓްގައި އަނިޔާވެއްޖެނަމަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ: ޓްރާންސްޕޯރޓް މިނިސްޓްރީ

profile

ރިޟްވާން މޫސާ - 06 ސެޕްޓެމްބަރު 2026 - 11:27

އެއްވެސް އެކްސިޑެންޓެއް ހިނގައިގެން މީހަކަށް އަނިޔާވެއްޖެނަމަ ކުއްވެރިވާ ފަރާތް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ ކަމަށް އިގްތިސާދީ ތަރައްގީ އާޢި ދަތުރުފަތުރާއިބެހޭ ވުޒާރާއިން އިންޒާރު ދީފި އެވެ.

https://wamco.com.mv/

ދަތުރުފަތުރާއިބެހޭ ވުޒާރާއިން މިފަދަ އިންޒާރެއް އެކްސްގައި ހިއްސާ ކޮށްފައިވާއިރު މި ދަނޑިވަޅަކީ ފާހަގަކޮށްލެވޭ މިންވަރަށް މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ހިނގަމުން އަންނަ ދުވަސްވަރެއްކަން ފާހަގަކޮށްލެވެ އެވެ.

އެންމެ ގިނަ އެކްސިޑެންޓައް ހިނގާފައިވާ ކަމަށް ރިކޯރޑް ކުރެވިފައިވަނީ ހުޅުމާލޭގައެވެ. އަދި އެންމެ ގިނަ އެކްސިޑެންޓްތައް ހިނގަން މެދުވެރިވެފައިވަނީ ވެސް ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން ކަން ވެސް ފާހަގަކޮށްލެވެ އެވެ.

undefined

އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނު ގާނޫނު ނަމްބަރު 16/2026 އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުން ކަނޑައަޅާފައިވާ ހަރުކަށި އަދަބުތަކުގެ ތެރޭގައި އުޅަނދުގެ ކޮންޓްރޯލް ކުޑަ ކުއްޖަކާއި ނުވަތަ ލައިސެންސް ނެތް މީހަކާއި ހަވާލުކުރުން، އުޅަނދުގެ ކޮންޓްރޯލް ފަސިންޖަރުންގެ ޝީޓުގައި އިންނަ މީހަކާއި ހަވާލުކުރުން ފާހަގަކޮށްފައިވެ އެވެ.

Ministry of Economic Development,Transport & Trade on X: "އެއްގަމު އުޅަނދު ދުއްވާއިރު އުޅަނދުގެ ކޮންޓްރޯލް ލައިސަންސް ނެތް ފަރާތްތަކަށާއި، ކުޑަކުދިން އަދި ފަސިންޖަރުންނަށް ދިނުމަކީ ޤާނޫނީ ބޮޑު ކުށެއް. މިފަދަ ޢަމަލުތަކުގެ ސަބަބުން ބޮޑެތި ޖޫރިމަނާތަކާއި، ލައިސަންސް ބާޠިލުވުމުގެ އިތުރުން ޖިނާއީ ދަޢުވާ… / X

ކަނޑައެޅިފައިވާ ޖޫރިމަނާތަކަށް ބަލާއިރު ކުށުގެ އަދަބުގެ ކުޑަބޮޑުމިނަށް ބަލައި، 25،000ރ އާއި 50،000ރ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެ އެވެ.

މީގެ އިތުރުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ 50،000ރ އާއި 100،000ރ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ހިމެނެ އެވެ. އަދި އެކްސިޑެންޓްގެ ސަބަބުން މީހަކަށް އަނިޔާވެ އެމީހަކު މަރުވެއްޖެ ނަމަ ޖޫރިމަނާގެ އިތުރުން ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ ޖިނާއީ ދައުވާއެއް އެމީހެއްގެ މައްޗަށް ކުރެވެ އެވެ.

undefined

މީގެ އިތުރުން މިފަދަ ކުށެއް ކޮށްފިނަމަ 5 އަހަރާއި 10 އަހަރުގެ މުއްދަތަކަށް އެމީހެއްގެ ލައިސެންސް ބާތިލް ކުރުމާއެކު، ލައިސެންސް ނެތް މީހެއް ކަމުގައިވަނީނަމަ އެ މުއްދަތުގައި ލައިސެންސް އަށް އެދުމުގެ ފުރުސަތު ހައްގު ގެއްލުމާއި، މި މުއްދަތު ހަމަވުމުން ގާނޫނުގައި ކަނޑައަޅާފައިވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން މެނުވީ ލައިސެންސް އަލުން ދޫ ނުކުރުމަށް ވެސް ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ. -

https://wamco.com.mv/
tel:+9607331319