logo

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 އަށް ނޮމިނޭޓްވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 04 އޯގަސްޓު 2026 - 08:11

ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.

https://wamco.com.mv/

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނޮމިނޭޓްވެފައިވަނީ އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026 ގެ މަގާމަށެވެ.

މީގެ ކުރިން 12 ފަހަރު މި ލަޤަބު ހޯދާފައިވާ މި އެއަރޕޯޓަށް މިފަހަރު ލިބުނު ނޮމިނޭޝަނަކީ، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ އެއް އެއަރޕޯޓުގެ ގޮތުގައި މި އެއަރޕޯޓުން ދަމަހައްޓަމުންދާ މަޤާމު ރަމްޒުކޮށްދޭ ކަމެކެވެ.

މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައިވަނީ އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް ލައުންޖް 2026 ގެ މަގާމަށެވެ.

މިއީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު އަދި އަރާމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ލައުންޖުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބަލައިގަތުމެކެވެ.

1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

މި ނޮމިނޭޝަންތަކަކީ އެއަރޕޯޓުގެ ޚިދުމަތްތައް ތަރައްޤީކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށާއި، ދިވެހިރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޤާމު ވަރުގަދަކުރުމަށް އެމް.އޭ.ސީ.އެލް އިން ކުރަމުންދާ މެދުނުކެނޑި މަސައްކަތްތަކުގެ ހެއްކެކެވެ.

https://wamco.com.mv/
tel:+9607331319