logo

ސިޔާސީ މީހުންދެކެ ފޫހިވާންޖެހޭ ކަމަށް ވިދާޅުވެ ރައީސް ޔާމީން ސިގުނަލް ތަކެއް ދައްކައިފި!

profile

ރިޟްވާން މޫސާ - 10 ސެޕްޓެމްބަރު 2026 - 18:22

ސިޔާސީ މީހުންދެކެ ފޫހިވާން ޖެހޭ ކަމަށާއި، ސިޔާސީ މީހުންދެކެ ފޫހިވާންޖެހޭ ވަރަށް ގިނަ ސަބަބުތަކެއް ކުރީގެ ރައީސް އަބުﷲ ޔާމީން މިރޭ ތިލަކޮށްދެއްވައިފި އެވެ.

https://wamco.com.mv/

އާޓިފިޝަލް ބީޗުގައި ރައީސް ޔާމީން އެމަނިކުފާނުގެ ސަޕޯޓަރުންނާއި، ބައްދަލުކުރައްވައި މިރޭ ވަނީ ސިޔާސީ މީހުން ދެކެ ފޫހިވާ ސަބަބު ތަކާއި އެސަބުތައް އައިސްފައިވާ ގޮތް ވީޑިއޯއެއްގެ ޒަރިއްޔާ އިން ރައްޔިތުންނަށް ދައްކަވައިދެއްވާފަ އެވެ.

"ފެހި ސިގްނަލް" ގެ ނަމުގައި މިރޭ ކުރިއަށް ގެންދެވި މިޖަލްސާގައި އެމަނިކުފާނު ވަނީ ފެހި ސިގްނަލް އަދި ރަތް ސިގްނަލް އާއި، އޮރެންޖް ސިގުނަލް ދައްކުވައިދޭ މަގުޗާޓެއް ހިއްސާ ކުރައްވާފަ އެވެ.

އެމަނިކުފާނު ހިއްސާ ކުރެއްވެވި މި ޗާޓުގައި ދައްކާފައިވާ ސިގްނަލް ތަކަކީ ކަނާތުން ވާއަތަށް ލިސްޓުގައި ހިމެނޭ ސިގުނަލްތަކުގައި މުޅިގައުމަށް އެންމެ އެދެވޭ ގޮތެއްގައި އިގްތިސާދާއި ދަރަނި މެނޭޖު ކުރާނެ ގޮތާއި، ގާނޫނު ހިންގާނެ ގޮތާއި ދައުލަތް ހިންގާނެ ގޮތާއި، އެލީޑަރެއްގެ ސަރުކާރެއްގެ ސިޔާސަތުން އެންމެ އާދައިގެ ނިކަމެތިންނަށް ގެދޮރަށް ހައުސް ހޯލްޑަށް ކުރާނެ އަސަރުތަކާއި، މަގުހެދުމާއި، ފެނާއި ނަރުދަމާ ނިޒާމު ހިމެނޭހެން އެތަކެއް ޙިދުމަތްތަކެއް ވެސް ބަޔާން ކޮށްފައިވެ އެވެ.

ރައީސް ޔާމީންގެ ސިގުނަލް ލިސްޓުގައި ރައީސް ޑރ މުއިއްޒުގެ ސަރުކާރަށް އޮތީ 6 ރަތް ސިގުނަލެވެ. އަދި ރައީސް ޔާމީނަށް އެއްވެސް ރަތް ސިގުނަލެއް އެމަނިކުފާނުގެ ވެރިކަމުގައި ނެތް އިރު އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް ދެ ރަތް ސިގްނަލާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ރަތް ކުލައިގެ އެއް ސިގުނަލް ހިމަނާފައިވެ އެވެ.

https://wamco.com.mv/
tel:+9607331319