logo

މަސްތުވާތަކެއްޗާއެކު ޖަލު އޮފިސަރަކު ހައްޔަރުކޮށްފި

profile

އަހުމަދު ޒަލީފު - 31 މޭ 2024 - 15:12

މާފުށި ޖަލު

މާފުށި ޖަލު

މަސްތުވާތަކެއްޗާއެކު ކ. މާފުށީ ޖަލުގެ އޮފިސަރަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބުދަ ދުވަހުގެ ރޭ 21:12 ހާއިރު ކަމަށެވެ.

މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެނގިފައިވާ ގޮތުގައި އެއީ މާފުށީ ޖަލުގެ އޮފިސަރެކެވެ.

އެގޮތުން އެމީހާ މާފުށީ ޖަލު ކައިރިން ހުއްޓުވާ ބަލާފާސްކުރުމުގެ ތެރެއިން އޭނާގެ އަތުން 38.4 ގުރާމުގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. ފުލުހުން ބުނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ދިހަ ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319