
މީދޫ އިންތިހާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

މުޙައްމަދު ފަޟްލޫން - 25 އޭޕްރީލު 2026 - 18:08
ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބާ ގުޅޭ މައްސަލަ ހައިކޯޓުން ބަލައިގަނެ، އަންނަ ހަފުތާގައި ޝަރީއަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުން، 393 ވޯޓާއެކު ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމެވެ. އޭނާއާ ވާދަކުރެއްވި އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދަށް ލިބިވަޑައިގަތީ 392 ވޯޓެވެ.
ނަމަވެސް، އެމްޑީއޭ އިން ހުށަހެޅި ޝަކުވާއަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކުރި ތަހުގީގަށް ފަހު، ޕީއެންސީއަށް ލިބުނު އެއް ވޯޓު ބާތިލުކުރަން ނިންމިއެވެ. މި ނިންމުން ނިންމީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް މީދޫގެ ހަތަރު މީހަކު ރަޖިސްޓްރީވެފައި ވަނިކޮށް، އޭގެ ތެރެއިން އެކަކު ވޯޓުލާން ނުދާއިރު އޭނާގެ ނަމުގައި ވޯޓުލާފައިވާކަން ފާހަގަކުރެވުމުންނެވެ. އެމްޑީއޭއިން ބުނި ގޮތުގައި ވޯޓުލީ ދުވަހު އެމީހާ ހުރީ މީދޫގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ކޮމްޕްލެއިންޓްސް ބިއުރޯގެ އިއްތިފާގުން އެ ވޯޓަކީ ސައްހަ ނޫން ވޯޓެއް ކަމަށް ނިންމައި، ނަތީޖާއިން އެ ވޯޓު އުނިކުރުމުން ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވިއެވެ. އެއަށްފަހު އަލުން ވޯޓު ގުނުމުގެ ތެރޭގައި އެއް ވޯޓުގެ ތަފާތުން ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމެވެ.
މިހާރު ހައިކޯޓުން ވަނީ މި މައްސަލަ ރަސްމީކޮށް ރަޖިސްޓްރީކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ނަޝީދު އެމްޑީޕީ ދޫކޮށް ދިއުމުން ލިބުނު ފައިދާއެއް ނެތް: ރޮޒެއިނާ
10 މިނިޓު ކުރިން

ޕާޓީން ވަކިވުމުން މެމްބަރުކަން ގެއްލޭ މައްސަލައިގެ ހުކުމް ކުރުން ބުދަ ދުވަހު
ގަޑިއިރެއް ކުރިން

ދެކުނު ޕޮލިސް ކޮމާންޑަރަކަށް ޝާކިރު ހަމަޖައްސައިފި
ގަޑިއިރެއް ކުރިން

66 މިލިއަން ރުފިޔާގެ ތަކެތި ޖަޕާނުން އެންޑީއެމްއޭއަށް ހަދިޔާކޮށްފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)