logo

ދެކުނު ޕޮލިސް ކޮމާންޑަރަކަށް ޝާކިރު ހަމަޖައްސައިފި

profile

މުޙައްމަދު ފަޟްލޫން - 26 އޭޕްރީލު 2026 - 11:04

ދެކުނުގެ ފުލުހުންގެ ކޮމާންޑަރުގެ މަގާމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު އައްޔަންކުރައްވައިފިއެވެ.

https://wamco.com.mv/

ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ސަރަހައްދީ ކޮމާންޑަރުގެ މަގާމަށް ޝާކިރު އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝަމީމްގެ ދައުރު ހަމަވުމާ ގުޅިގެން މިދިޔަ ހޯމަ ދުވަހުއެވެ. އާންމު އުސޫލުން އަތޮޅުތަކާއި ސަރަހައްދީ ކޮމާންޑަރުން އައްޔަންކުރެވެނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ.

ދެކުނުގެ ކޮމާންޑަރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝާކިރު ހުންނެވީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމުގައެވެ. މީގެ އިތުރުން، އޭނާ ވަނީ މީގެ ކުރިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމާއި ލ. އަތޮޅުގެ ކޮމާންޑަރުކަން ވެސް ފުރުއްވާފައެވެ.

ކުރިން މި މަގާމުގައި ހުންނެވި ޝަމީމްގެ ދައުރުގައި، ކުށްކުރުން ގިނަ ދެކުނުގެ ސަރަހައްދުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަންތަކެއް ހިންގާފައިވެއެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ކަމަށް ތުހުމަތުކުރެވޭ ގިނަ ބަޔަކު ހައްޔަރުކޮށް، ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަތައް ހުށަހެޅިއެވެ. ނަމަވެސް، އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ އެ މައްސަލަތައް ބޭރުކޮށްލާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk