
66 މިލިއަން ރުފިޔާގެ ތަކެތި ޖަޕާނުން އެންޑީއެމްއޭއަށް ހަދިޔާކޮށްފި

މުޙައްމަދު ފަޟްލޫން - 26 އޭޕްރީލު 2026 - 11:04
ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް (އީ.އެސް.ޑީ.ޕީ) ގްރާންޓް އެއިޑްގެ ދަށުން، ކާރިސާތަކުން ރައްކާތެރިވުމަށް ބޭނުންވާ 4.3 މިލިއަން އެމެރިކާ ޑޮލަރު (66 މިލިއަން ދިވެހި ރުފިޔާ) ގެ އާލާތްތައް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާ މިއަދު ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ އެ ޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރޫމީކޯ އެވެ. އެން.ޑީއެމްއޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އެވެ.
މިއީ 24 މާރިޗު 2024 ގައި ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުން ހިންގޭ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ފުރަތަމަ މަރުޙަލާގެ ދަށުން މިއަދު ހަދިޔާކުރި ތަކެތީގެ ތެރޭގައި އަލިފާން ނިއްވުމަށް ބޭނުންކުރާ 40 ޕަންޕާއި، ފެންހިންދުމަށް ބޭނުންވާ 40 ޕަންޕުގެ އިތުރުން މިކަމާ ގުޅޭ އެހެނިހެން މުހިންމު އާލާތްތައް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ، މި ތަކެތީގެ ސަބަބުން ކާރިސާތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ދިގުމުއްދަތަކަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ކާރިސާތަކަށް އިޖާބަދިނުމުގެ މަސައްކަތް ލާމަރުކަޒީ އުޞޫލުން ކުރިއަށްގެންގޮސް، ރަށްރަށުގެ މުޖުތަމަޢުތައް ބާރުވެރިކުރުވުމަށް މި އެހީގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބޭނެކަން ފާހަގަކުރައްވައި، ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ނަޝީދު އެމްޑީޕީ ދޫކޮށް ދިއުމުން ލިބުނު ފައިދާއެއް ނެތް: ރޮޒެއިނާ
29 މިނިޓު ކުރިން

ޕާޓީން ވަކިވުމުން މެމްބަރުކަން ގެއްލޭ މައްސަލައިގެ ހުކުމް ކުރުން ބުދަ ދުވަހު
2 ގަޑިއިރު ކުރިން

ދެކުނު ޕޮލިސް ކޮމާންޑަރަކަށް ޝާކިރު ހަމަޖައްސައިފި
2 ގަޑިއިރު ކުރިން

މާލެ ސިޓީގެ މޭޔަރަށް ދިން ހަމަލާ އާއި ސަރުކާރަކާއި ގުޅުމެއް ނެތް: ސަރުކާރު
18 ގަޑިއިރު ކުރިން


.gif&w=3840&q=75)