
ނަޝީދު އެމްޑީޕީ ދޫކޮށް ދިއުމުން ލިބުނު ފައިދާއެއް ނެތް: ރޮޒެއިނާ

މުޙައްމަދު ފަޟްލޫން - 26 އޭޕްރީލު 2026 - 12:07
ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ދޫކޮށް ދިއުމުން ލިބުނު ފައިދާ އެއް ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
މާޒީގެ ހިތްދަތި ހަނދާންތަކުގެ ތެރޭގައި ތަޅުބެދިފައި ތިބުމަކީ މުސްތަގުބަލަށް އޮތް ބޮޑު ހުރަހެއް ކަމަށް، ކުރީގެ ވީޑިއޯއަކާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރުގެ އަމާޒަކީ މާޒީގެ ކަންކަން ހަނދާން ނައްތާލައި، ޕާޓީގެ ކުރިމަގަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެގެން ކުރިއަށް ދިއުމެވެ.
ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ބޭއްވި ޖަލްސާގައި ބައިވެރިވީ، ޕާޓީގެ ސަފުތައް ބަދަހިވެގެންދާ މަންޒަރު ދެކެން ބޭނުންވާތީ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މާޒީގައި ކޮންމެ ފަރާތަކުން ވާހަކަ ދެއްކި ނަމަވެސް، ހިތްދަތިވާނެ ފަދަ ބަސްތަކެއް ބަދަލުކުރެވިފައިވާކަން ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އެ ބާޒީތައް އަލުން ކުޅުމަކީ ޕާޓީއަށް އެއްވެސް ކުރިއެރުމެއް ލިބޭނެ ކަމެއް ނޫން ކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، ނައްސި ވާހަކަތައް ފެތުރުން ހުއްޓާލައި، އަޚުލާގީ ގޮތުން ރީތި ކެމްޕޭނެއް ކުރުމަށާއި، ޕާޓީގެ ބަދަހިކަމަށް މަސައްކަތް ކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ، މާޒީގައި އޭނާ ވިދާޅުވި ބަސްތަކާއި، އޭނާއާ ދިމާލަށް އެހެން ފަރާތްތަކުން ބުނެފައިވާ ބަސްތަކަށް މިހާރު މައާފުކުރައްވާފައިވާ ކަމަށެވެ. އެއީ އެ އިރެއްގެ ހާލަތަށް ބިނާކޮށް ދެކެވުނު ވާހަކަތަކެއް ކަމަށާއި، އެ ދުވަސްތައް މިހާރު މާޒީވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު އެމްޑީޕީގެ ކޮންމެ މެންބަރެއްގެ ކިބައިންވެސް އަޑުއަހަން ބޭނުންވަނީ ޕާޓީގެ ކުރިއެރުމާއި، އެކުވެރިކަން ދެމެހެއްޓުމަށް ބާރުއަޅާ އުންމީދީ ވާހަކަތަކެއް ކަމުގައި ރޮޒައިނާ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ޕާޓީން ވަކިވުމުން މެމްބަރުކަން ގެއްލޭ މައްސަލައިގެ ހުކުމް ކުރުން ބުދަ ދުވަހު
3 ގަޑިއިރު ކުރިން

ދެކުނު ޕޮލިސް ކޮމާންޑަރަކަށް ޝާކިރު ހަމަޖައްސައިފި
3 ގަޑިއިރު ކުރިން

66 މިލިއަން ރުފިޔާގެ ތަކެތި ޖަޕާނުން އެންޑީއެމްއޭއަށް ހަދިޔާކޮށްފި
3 ގަޑިއިރު ކުރިން

މާލެ ސިޓީގެ މޭޔަރަށް ދިން ހަމަލާ އާއި ސަރުކާރަކާއި ގުޅުމެއް ނެތް: ސަރުކާރު
20 ގަޑިއިރު ކުރިން


.gif&w=3840&q=75)