
ބޯކޮށް ވާރޭ ވެހެނީ / މާލޭގެ މަގުމަތި
ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް އެލާޓް ނެރެފި!

ރިޟްވާން މޫސާ - 02 މޭ 2026 - 13:37
މިއަދާއި މިރޭ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް، މޫސުމާއިބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
ވައިޓް އެލާޓް ނެރެފައި ވަނީ މިއަދުގެ 14:00އިން ފެށިގެން މިރޭ 20:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅުގެ ރަށްތަކަށެވެ.
އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރަކީ ދެ މޫސުން ބެދޭ ދުވަސްވަރު ކަމަށްވުމުން، މި ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާ ކަން ވެސް ވަނީ ހާމަކޮށްފަ އެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ، މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ވަރަށް ބާރަށް ގުގުރައިފައިވެއެވެ. އަދި ހުޅުމާލެއަށް ހޮނު އަޅައި އިމާރާތަކަށް ގެއްލުންވެފައި ވެސްވެއެވެ. އަދި މިދުވަސްވަރުގައި ކަނޑު މަގުން ދަތުރުފަތުރު ކުރާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ބޭސްފަރުވާގެ އެހީތެރިކަމަށް އެދި ވަރަށް ގިނަ ޝަކުވާ ލިބޭ: އާސަންދަ ސީއީއޯ
28 މިނިޓު ކުރިން
ފަސްޓްލޭޑީ، ލަންކާގެ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިފި
28 މިނިޓު ކުރިން
މިލަންދޫ އެއާޕޯޓައް ބޭނުންވާ ބިން ހިއްކައިފި
29 މިނިޓު ކުރިން

މިދިޔަ އަހަރު ރާއްޖެއިން މަސް އެކްސްޕޯޓް ކުރި މިންވަރު އިތުރު
31 މިނިޓު ކުރިން


.gif&w=3840&q=75)