
އީސީގެ މެމްބަރުކަމަށް ފާސްކުރި ހަސީބު ----
އިލެކްޝަންސް ކޮމިޝަނަށް ހަސީބު އައްޔަންކުރަން، ފާސްކޮށްފި

ޝުރުފާ މުހައްމަދު - 05 ނޮވެމްބަރު 2024 - 13:58
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމަށް އަބްދުލްޙަސީބް އިސްމާއީލް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ހަސީބަކީ މިހާރު އެ ކޮމިޝަނުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އެ ނަން ދިރާސާކުރުމަށް ފަހު މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި އޭނާ އަށް ރުހުން ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 67 މެންބަރުންގެ އިއްތިފާގުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ޢަބްދުލްޙަސީބުގެ ނަން ފޮނުއްވާފައިވަނީ އެކޮމިޝަނުގެ ރައީސް ފުވާދު ތައުފީގުގެ މެމްބަރުކަމުގެ މުއްދަތު ހަމާވާތީއެވެ. ފުއާދުގެ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ފުއާދަކީ މިވަގުތު އެ ކޮމިޝަނުގެ ރައީސެވެ.
އިލެކްޝަންސް ކޮމިޝަންގެ ގަވާއިދު އޮންނަ ގޮތުން ކޮމިޝަނުގެ މެމްބަރުކަން ކުރެވޭނީ ގިނަ ވެގެން ދެ ދައުރަށެވެ. އޭގެ ފަހުން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމައްޗެއް ނުލެވޭނެއެވެ. މި ގަވާއިދުގެ މަތިން މީގެކުރިން އެ ކޮމިޝަނުގެ މެމްބަރުކަން ކުރެއްވި އިސްމާއިލް ހަބީބް ވެސް ވަނީ ދައުރު ހަމަވެފައެވެ.
ފުއާދުގެ ދައުރު ހަމަވާތީ އައު މެމްބަރަކު އައްޔަންކުރުމަށްޓަކާ އެކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ.
ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ނަން މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
އޭރު މަޖިލިސް ޗުއްޓީގައި އޮތުމުން މިމައްސަލަ ތާވަލްކޮށްފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށެވެ. މިއަދުގެ ޖަލްސާ އަކީ ދައުރުގެ ފުރަތަމަ ޖަލްސާއެވެ.
ގުޅުން ހުރި ޙަބަރުތައް

ތިލަފުށީގެ ވޭސްޓް ޓު އެނަރޖީ ޕްލާންޓް 2028 ގެ ނިޔަލަށް އޮޕަރޭޝަނަށް ގެނައުމުގެ އަމާޒު!
ގަޑިއިރެއް ކުރިން

ސިފައިންގެ 74 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކޮށްފި
ގަޑިއިރެއް ކުރިން

ގްލޯބަލް އިކޯސިސްޓަމްސް އެޓްލަސް ފައިނަލް ވޯކްޝޮޕްގައި ރާއްޖެއިން ބައިވެރިވެއްޖެ
ގަޑިއިރެއް ކުރިން

ކުޑަ އިންޓްރެސްޓެއްގައި ހައުސިންގ ލޯނުދޫކުރަން ސަރުކާރުން ނިންމައިފި
2 ގަޑިއިރު ކުރިން


