logo

ކުޑަ އިންޓްރެސްޓެއްގައި ހައުސިންގ ލޯނުދޫކުރަން ސަރުކާރުން ނިންމައިފި

profile

މުޙައްމަދު ފަޟްލޫން - 25 ސެޕްޓެމްބަރު 2026 - 11:46

މަސައްކަތް ފަށައި ނުނިމި ހުރި އިމާރާތްތައް ނިންމުމަށްޓަކައި، 5 އިންސައްތަ އިންޓަރެސްޓްގެ ހައުސިންގ ލޯނުގެ ދަށުން ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.

https://wamco.com.mv/

ރައްޔިތުންގެ އަޑު ޕްރޮގްރާމް މެދުވެރިކޮށް އާންމު ރައްޔިތަކު ހުށަހެޅި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ލޯނު ދޫކުރުމުގެ އުސޫލުގެ ތެރެއިން، މަސައްކަތް ފެށުމަށްފަހު ނުނިމި ހުރި ތަންތަނަށް ފަސޭހަކަމާއެކު ލޯނު ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން، 5 އިންސައްތަ އަށް ވުރެ އިންޓަރެސްޓް ބޮޑުނުވާނޭހެން ދޫކުރާ މި ލޯނުގައި އިކުއިޓީ ފަސް އިންސައްތަ އަށް ކުޑަކުރުމާއި، މިހާރު އިމާރާތްކުރަން ފަށާފައިވާ ތަންތަން ނިންމުމަށް ލޯނު ލިބޭނެ މަގުފަހިކޮށްދިނުމަށް އެ ރައްޔިތު މީހާ ވަނީ އެދިފައެވެ.

ރައީސް އިތު ވިދާޅުވީ، މިކަމާ ގުޅޭ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިން ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިމިގެންދާނެ ކަމަށެވެ.

މީގެއިތުރުންވެސް، މި ޕްރޮގްރާމްގެ ތެރެއިން ރައްޔިތުން ފާހަގަކުރި އެކި މައްސަލަތަކަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ބަލަހައްޓަމުންދާ ފަރާތެއްގެ ނަން ހިޔާ ފްލެޓް ލިސްޓުން އުނިވެފައިވާ މައްސަލަ ހިއްސާކުރުމުން، އެ މައްސަލަ ބައްލަވައިދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ދައުލަތަށް 40 އަހަރަށްވުރެ ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވައްޒަފަކު، ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ މުވައްޒަފުން ވަކިކުރުމުގެ ސިޔާސަތުގެ ދަށުން ވަޒީފާއިން ވަކިކުރެވުނު މައްސަލައާ ގުޅިގެން ރައީސް ވިދާޅުވީ، ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރެވެން ޖެހޭނެ ކަމަށާއި، އެފަދަ ކަންކަމަށް އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.

https://wamco.com.mv/
tel:+9607331319