
ޕޮލިސް ކޮމިޝަނަރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

ރިޟްވާން މޫސާ - 26 މާރިޗު 2026 - 11:42
ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި ހުޅުވާލި ފުރުސަތުގައި، އެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ
އެނގިފައިވާ ގޮތުގައި، މި މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ މިހާރު ފުލުހުންގެ އިދާރާ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ފަރުހާދު ފިކުރީ އާއި، އޭސީޕީ އަބްދުﷲ ޝަރީފްގެ އިތުރުން އޭސީޕީ އަހުމަދު މުހައްމަދު (ޓޫފޯ) އެވެ.
މި މަގާމަށް ބޭފުޅަކު ހޯދުމަށް އިއުލާނުކޮށްފައި ވަނީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
މި މަގާމަށް ކުރިމަތި ލުމަށް އެންމެ ފުރަތަމަ ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ކުރިމަތި ލާފައި ނުވާކަމަށްވެސް މައުލޫމާތު ލިބެ އެވެ.
އެހެން ކަމުން ވަނީ އަލުން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން އިއުލާނުވެސް ކޮށްފަ އެވެ.
ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި އިސްމާއިލް ނަވީން އެ މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ އޭގެ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު، މިދިޔަ އަހަރުގެ އޭޕްރީލް 26 ގައި ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި، ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންނަށް ބޯހިޔާވަހިކަން ގާއިމުކޮށްދެވޭތީ ފަޙްރުވެރިވަން: ބީއެމްއެލް ސީއީއޯ
32 މިނިޓު ކުރިން

ބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި
2 ގަޑިއިރު ކުރިން

"ޓާޓާބައި މޯލްޑިވްސް ފޯ-ސިޓީ ރޯޑްޝޯ" ވިޒިޓް މޯލްޑިވްސްއިން އެންޑޯޒްކޮށްފި
6 ގަޑިއިރު ކުރިން

ހުރުމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދު ތަކުން ފީއެއް ނަގަނީ
6 ގަޑިއިރު ކުރިން


.gif&w=3840&q=75)