logo

ހަރަދުކުޑަކުރަން އަޅާނެ ފިޔަވަޅުތައް އެސްއޯއީތަކާއި ޕީސީބީ އިން ހިއްސާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 10 އޭޕްރީލު 2026 - 04:08

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމުގެ ސަބަބުން ދައުލަތާއި ދައުލަތް ހިއްސާވާ ކުންފުނިތަކުން ހަރަދުކުޑަކުރަން އަޅާނެ ފިޔަވަޅުތައް އަޅަން ޕީސީބީ އިން އަންގައިފިއެވެ.

https://wamco.com.mv/

ޕީސީބ އިން އާއްމުރި ނޫސްބަޔާނެއްގައި ބުނީ މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ހަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅަން އަންގައި އެކަން ތަންފީޒްކުރަން އެދިފައެވެ. އެގޮތުން 16 ފިޔަވަޅެއް އަޅަން ޕީސީބީ އިން ވަނީ އެދިފައެވެ. މީގެ ތެރޭގައި

ކުންފުނިތަކާއި މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރުން

ރަސްމީ މަސައްކަތާއި އިތުރު ގަޑީގެ މަސައްކަތް ރަސްމީ ގަޑީގައި ކުރުން

މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ނުވަތަ ޕްރޮމޯޝަން ދިނުން މިވަގުތަށް މަޑުޖައްސާލުން

އައު މުވައްޒަފުން މިވަގުތު ވަޒީފާއަށް ނުނެގުން

ކުންފުނީގެ ކޭޝް ފްލޯ މެނޭޖްކުރުމަށް މުވައްޒަފުންގެ މުސާރައިގެ ހަރަދުތައް މެނޭޖްކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން

ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ފިޔަވައި އިތުރު ހަރަދުތައް ނުކުރުން

ހަނގުރާމަ އާއި ގުޅިގެން ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅުތަް އެޅުން

ކޮންމެހެން ބާއްވަންޖެހޭ ހަފްލާތަކުގެ ބޭރުން އިތުރު ހަފްލާތައް ނުބޭއްވުން. އަދި ހަފްލާތައް ބާއްވާއިރު ވީހާވެސް ހަރަދުކުޑަކޮށް ހަފްލާ ބޭއްވުން.

ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ރާއްޖެއިން ބޭރަށް ކުރުން އަދި ދަތުރުކުރާ އިރު ބިޒްނަސް ކްލާސްގައި ދަތުރު ނުކުރުން.

ސަޕްލައިޔަރުންނާއި ބައިނަލްއަގްވާމީ ކަސްޓަމަރުންނާއި އޮންލައިންކޮށް ބައްދަލުރުން

ބޭރުގެ ފަރާތްތަކުން އިންތިޒާމް ކުރާ ދަތުރުތަކުގަވެސް ކުންފުނިތަކުން ކުރާ ހަރަދު ކުޑަކުރުން

ރާއްޖެއިން ބޭރަށް ކުރާ ޓްރެއިންގ ދަތުރުތަކުގައި އޮންލައިންކޮށް ބައިވެރިވުން

ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ފެރީގެ ހިދުމަތް ބޭނުންުުކުރުން

ކުންފުންޏަށް ސީދާ ގޮތުން ފައިދާވާ ފެއަރ ތަކުގައި އެކަނި ބައިވެރިވުން

ކުންފުނި ހިންގުމުގައި އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުން އިތުރުކޮށް ކަރަންޓް ބޭނުންކުރާ މިންވަރު މަދުކުރުން

ޕީސީބީ އިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަބްަސިޑަރީ ކުންފުނިތަކުން ހަރަދުކުޑަ ކުރަން އަޅާ ފިޔަވަޅުތައް ވަގުތުން އަޅަން އަންގާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk