
ފުލުހެއް ގައިގައި ޖެހި އަންހެނަކު ހައްޔަރުކޮށްފި

މުޙައްމަދު ފަޟްލޫން - 05 ޖޫން 2026 - 11:51
މާލޭގައި ހިނގި މާރާމާރީއެއް ހުއްޓުވުމަށް މަސައްކަތްކުރި ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. އަތޮޅަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ އަންހެނެކެވެ. އޭނާގެ މައްޗަށް ކުރެވެނީ މާރާމާރީ ހިންގިކަމުގެ ތުހުމަތެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ އޭނާ ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުދޭ އެކަށީގެންވާ ހެކި ލިބިފައިވެއެވެ. މީގެ އިތުރުން، ހާދިސާ ހިނގި ގޮތުގެ ރިޕޯޓުވެސް ކޯޓަށް ވަނީ ހުށަހަޅާފައެވެ. ތަހުގީގު ކުރާ އޮފިސަރު ކޯޓުގައި ފާހަގަކުރެއްވި ގޮތުގައި، މާރާމާރީ ހިންގާކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ދިޔަ ފުލުސް މީހާގެ ގައިގައި މި އަންހެން މީހާ ވަނީ ޖަހައިފައެވެ.
މީގެ ކުރިންވެސް ބަންދާއި ހައްޔަރުގެ ރެކޯޑް އޮތް މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކޯޓުން ކަނޑައަޅާފައިވެއެވެ. ކޯޓު މަރުހަލާގައި ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ބުނެފައިވާތީ، ވަކީލަކު އައްޔަނުކުރުމަށްފަހު ބަންދުގެ އަމުރު މުރާޖައާކުރުމަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ކޯޓުން ވަނީ އަންގާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަންހެނަކު ވިއްކާލާނެ ކަމަށް، އޭނާގެ ކުރީގެ ފިރިމީހާ ބުނި މައްސަލައެއް ފުލުހުން ބަލަނީ
2 ގަޑިއިރު ކުރިން

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
3 ގަޑިއިރު ކުރިން

އައްޑޫ ސިޓީގެ އުމްރާނީ ތަރައްގީ ގެނެސްދިނީ އެމްޑީޕީ އިން: ރައީސް ނަޝީދު
5 ގަޑިއިރު ކުރިން

މިނިސްޓަރ ޢަލީ ޝަރީފު، ޔޫއެންއީޕީގެ އެގްޒެކެޓިވް ޑައިރެކްޓަރާ ބައްދަލުކުރައްވައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)