
ކޯޓަށް ހާޒިރު ކުރަން 91 އަހަރުގެ މީހަކު ހޯދަނީ

އާމިނަތު ޝަޒްލާ - 13 މޭ 2026 - 14:10
Share
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އުމުރުން 91 އަހަރުގެ މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ. ފުލުހުން ހޯދަމުން އަންނަނީ ގ. ވީނަސްވިލާ، މާލެ، މުޙައްމަދު ޝަރީފެވެ.
ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން މިއަދު ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
ފުލުހުން ވަނީ ޝަރީފާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ވަނީ އެދިފައެވެ.
ގުޅުން ހުރި ޙަބަރުތައް

ތިން ރައީސުން އެކުވެ ސަރުކާރާ ދެކޮޅަށް ނުކުތުމަށް ފައްޔާޒު ގޮވާލައްވައިފި
9 ގަޑިއިރު ކުރިން

އަމިއްލަ މެންބަރުންގެ ގޮނޑި ގެއްލޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ
9 ގަޑިއިރު ކުރިން

ޕީއެންސީގެ ޕީޖީގެ ވަޓްސްއެޕް ގުރޫޕުން ނާޒިމް ބޭރުކޮށްފި
12 ގަޑިއިރު ކުރިން

މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހަކު ހައްޔަރަށް
14 ގަޑިއިރު ކުރިން


.gif&w=3840&q=75)