logo

މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ޗައިނާގެ ޗެންގްޑޫ އަށް ފަށައިފި

profile

މުހައްމަދު ހަފީޒް - 22 ޖެނުއަރީ 2025 - 07:30

މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ޗައިނާގެ ޗެންގްޑޫ އަށް ފަށައިފިއެވެ.

https://wamco.com.mv/

މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ މި މަހު 6 ގައި ކަމަށްވާއިރު، މިއީ ރާއްޖެއިން ބޭރަށް އެ ބޯޓު ކުރާ ފުރަތަމަ ދަތުރެވެ.

އެ ބޯޓުގައި ޗައިނާގެ ޗެންގްޑޫ އަށް ކުރި ފުރަތަމަ ދަތުރުގައި 52 ފަސިންޖަރުން ވަނީ ޗައިނާ އަށް ދަތުރުކޮށްފައެވެ. އޭގެތެރެއިން 32 މީހުންނަކީ ފަތުރުވެރިންނެވެ.

ޗައިނާގެ ޗެންގްޑޫއަށް 2 ކޮޅު ޓިކެޓުގެ އަގަކީ 688 އެމެރިކާ ޑޮލަރެވެ. ވައިޑް ބޮޑީގެ 2 ވަނަ ދަތުރު ކުރާނީ މި މަހުގެ 24 ވަނަ ދުވަހު ރާއްޖެއިން ޗައިނާގެ ބެއިޖިންގއަށެވެ.

ބެއިޖިންގ 2 ކޮޅު ޓިކެޓުގެ އަގަކީ 788 އެމެރިކާ ޑޮލަރު ކަމަށް މިނިސްޓަރީން ބުނެއެވެ. އަދި ޗައިނާގެ ޝެންހާއީއަށް ފުރަތަމަ ދަތުރު ކުރާނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ޝެންހާއީ 2 ކޮޅު ޓިކެޓުގެ އަގަކީ 777 އެމެރިކާ ޑޮލަރެވެ.

މޯލްޑިވިއަންގެ އާ މަތިންދާބޯޓު ރާއްޖެ އަށް ގެނެސްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

އެއާބަސް އޭ330 މަރުކައިގެ މި ބޯޓަކީ 264 މީހުންގެ ޖާގައިގެ މަތިންދާބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މި ބޯޓުގައި 18 ބިޒްނަސް ސީޓާއި 36 ޕްރިމިއަމް އިކޮނޮމީ ސީޓާއި 210 އިކޮނޮމީ ސީޓު ހިމެނެއެވެ. މީގެ އިތުރުން، މި ބޯޓުގެ ކާގޯ އުފުލޭ ކެޕޭސިޓީއަކީ 10 ޓަނެވެ.

މި އައު އެއާބަސް އޭ330 ބޯޓާ އެކު މޯލްޑިވިއަން އެއަރލައިންސްގެ ފްލީޓުގެ އަދަދު ވަނީ 25 އަށް އިތުރުވެގެންގޮސްފައެވެ. އަދި ޗައިނާއަށް މި ފަށާ ދަތުރުތަކާއިއެކު މޯލްޑިވިއަން އިން ދަތުރުކުރާ މަންޒިލްގެ އަދަދު 22 އަށް އަރާނެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay