logo

ޤައުމީ ތަރައްޤީގައި ދިރާގަކީ ވަރަށް ޚާއްޞަ ބައިވެރިއެއް: އާދަމް ޝަރީފް

profile

އާމިނަތު ޝަފާ - 02 އޯގަސްޓު 2024 - 23:15

މިނިސްޓަރ އާދަމް ޝަރީފް

މިނިސްޓަރ އާދަމް ޝަރީފް

ޤައުމީ ތަރައްޤީގައި ދިރާގަކީ ވަރަށް ޚާއްޞަ ބައިވެރިއެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ "ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ލޭންޑިންގ" ވުން ފާހަގަކުރުމަށް ދިރާގުން ހުކުރު ދުވަހުގެ ހަވީރު ހުޅުމާލޭގެ ފޭސް 2 ގޮނޑުދޮށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި މިއަދަކީ ދިވެހިރާއްޖޭގެ މުވާޞަލާތީ ޚިދުމަތުގެ ތާރީޚުގައި ވަރަށް ޚާއްޞަ ޞަފުޙާއެއް ލިޔެވިގެން ދާނެ ވަރަށް ޚާއްޞަ ދުވަހެއް ކަމަށް ވެސް ވިދާޅުވިއެވެ.

ސިންގަޕޫރުން އަދި ދެކުނު އޭޝިޔާއިން ފެށިގެން ފްރާންސާ ހަމައަށް މި ގުޅައިލެވޭ ސީ- މީ- ވީ 6 ގައި ދިރާގު ބައިވެރިވެ، އެ ކަސްޓޯޑިއަލްގެ އިންވެސްޓަރެއްގެ ގޮތުގައި ބައިވެރިވެ ބަސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ރާއްޖޭގައި ބަނދަރުކޮށްފައި ވާތީ، ދިރާގުގެ ހީވާގި މުވައްޒަފުންނާއި، ސީއީއޯ އަދި އެމްޑީއަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި، މި ސަބްމެރިން ކޭބަލަކީ މި އަހަރު ދިވެހިރާއްޖެއަށް ބަނދަރުކުރި 2 ވަނަ ސަބްމެރިން ކޭބަލް ކަމަށް ވިދާޅުވެ، އެ ކަމަށް ޓަކައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ވެސް ޝުކުރުދެންނެވިއެވެ.

"ދިވެހިރާއްޖޭގެ ގުޅުމުގެ ނަމުގައި ދިރާގުން މި ވަނީ ދިވެހިރައްޔިތުންގެ ދިރިއުޅުން ބަދަލުކޮށްލުމުގެ މުހިންމު ޚިދުމަތްތަކެއް ފުރިހަމަކޮށް ދެއްވާފަ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގަ އަދި ރިސޯޓްތަކާ، ސިނާޢީ މަސައްކަތްކުރާ ރަށްރަށުގެ އިތުރުން ބޭރުގެ ޤައުމުތަކާ ދިވެހިރާއްޖެ ގުޅައިލަދީފައި މި ވަނީ ދިރާގުން ވަރަށް ފުރިހަމައަށް".

މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދާއި، ދިރާގުގެ ބޯޑު މެންބަރުންނާއި، ކޭމްގެ ސީއީއޯ އިލްޔާސް އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

https://int.etukuri.mv/
tel:+9607331319