logo

ރާއްޖޭގެ ފަޅެއްގައި 450 މިލިއަން ޑޮލަރުގެ ރިސޯޓް ކޮންސެޕްޓެއް ވިއްކަން ހުށަހަޅައިފި

profile

އާމިނަތު ޝަޒްލާ - 08 އޯގަސްޓު 2026 - 11:50

ދިވެހިރާއްޖޭގެ 155 އޭކަރުގެ ބޮޑު ފުން ފަޅެއްގައި، "ދި އެޑެޕްޓިވް އެޓޯލް" ގެ ނަމުގައި ތަފާތު ފަރުމާއަކަށް ހަދާފައިވާ 450 މިލިއަން ޑޮލަރުގެ ރިސޯޓް ކޮންސެޕްޓެއް ވިއްކުމަށް ހުށަހަޅައިފިއެވެ.

https://wamco.com.mv/

ބައިނަލްއަގުވާމީ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ "ޕްރައިވެޓް އައިލެންޑްސް އިންކް" އިން ތައްޔާރުކޮށްފައިވާ މި ކޮންސެޕްޓަކީ މޫސުމަށް އަންނަ ބަދަލުތަކަށާއި ކަނޑުގެ ލޮނުގަނޑު އުފުލުމަށް އަމާޒުކޮށް ފަރުމާކޮށްފައިވާ ދެމެހެއްޓެނިވި މަޝްރޫޢެކެވެ.

މި ކޮންސެޕްޓްގެ އެންމެ ހާއްސަ ސިފައަކީ ބިމުގައި ހަރުކޮށްފައި ހުންނަ އިމާރާތްތަކުގެ ބަދަލުގައި، ފަޅުގެ އަޑީގައި ހަރުކޮށްފައިވާ ރޭލް ނިޒާމެއް މެދުވެރިކޮށް ދުއްވޭ ކަނޑުމަތީ ސޫޓްތަކެވެ. މި ސޫޓްތައް ބޮޑެތި ފޯޓްރެސްތަކާ ގުޅާލެވޭއިރު، މުޅި ރިސޯޓަކީ ބިންގަނޑާ ސީދާ ގުޅިފައިވާ ތަނަކަށް ނުވާތީ، ކަނޑުގެ ލޮނުގަނޑު އުފުލުނު ކަމުގައިވިޔަސް ރިސޯޓް ފެނުއަޑިއަށް ނުދާނެ ކަމުގެ ޔަގީންކަން ފަރުމާކުރި ފަރާތުން ދެއެވެ.

ޕްރައިވެޓް އައިލެންޑްސް އިންކްއިން މަޢުލޫމާތު ދޭ ގޮތުގައި، މި ރިސޯޓުގައި 'ބްރޫޓަލިސްޓް' އާކިޓެކްޗަރ އަށް ފަރުމާކޮށްފައިވާ މިއުޒިއަމް ފެންވަރުގެ 10 ފޯޓްރެސް ހިމެނޭނެއެވެ. މީގެ އިތުރުން 30 އަށް ވުރެ ގިނަ މޮޑިއުލާ ގެސްޓް ސޫޓާއި، ކުޑަކުދިންނަށް ހާއްސަ ކްލަބެއް ވެސް މި ކޮންސެޕްޓްގައި ހިމެނެއެވެ. ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަރުމާކޮށްފައިވާ މި ރިސޯޓަކީ ސައްތައިން ސައްތަ އިރުގެ ހަކަތަ ނުވަތަ ސޯލާ އެނާޖީން ހިންގާނެ ތަނެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި މަޝްރޫޢުގެ ޕްރިލިމިނަރީ އަންދާޒާ އަގަކީ 450 މިލިއަން ޑޮލަރެވެ. ނަމަވެސް، މި ރިސޯޓް ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ފަޅުގެ މިލްކުވެރިކަން އޮންނަނީ ދިވެހި ސަރުކާރަށް ކަމަށްވާތީ، މި ކޮންސެޕްޓް ގަންނަ ފަރާތަކަށް ލިބިގެންދާނީ ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ފަޅު ތަރައްގީ ކުރުމުގެ ދިގު މުއްދަތުގެ ލީސް އެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

https://wamco.com.mv/
tel:+9607331319