logo

ގދ. ގައްދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

profile

އާމިނަތު ޝަޒްލާ - 08 އޯގަސްޓު 2026 - 11:52

ގދ. ގައްދޫގައި ޕާސްޕޯޓު ހެދުމުގެ ޚިދުމަތް ރަސްމީކޮށް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.

https://wamco.com.mv/

ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ގދ. ގައްދޫގައި ރަސްމީކޮށް މި ޚިދުމަތް ދޭން ފަށައިފިކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ބާރުމިނުގައި ދަނީ ކުރިއަށެވެ. އެގޮތުން، އެންމެ ފަހުން މި ޚިދުމަތް ތަޢާރަފުކުރި ބ. ދަރަވަންދޫގެ އިތުރުން، ތ. އަތޮޅުގެ ތިން ރަށެއް ކަމަށްވާ ގުރައިދޫ، ވިލުފުށި، އަދި ވޭމަންޑޫގައި ވެސް ދާދި ފަހުން ވަނީ މި ޚިދުމަތް ދޭން ފަށާފައެވެ.

މީގެ އިތުރުން، މާލޭ ސަރަޙައްދުގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، މާލޭގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބްރާންޗުތަކުންނާއި ވިލިމާލެއިން ވެސް މިހާރު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

https://wamco.com.mv/
tel:+9607331319