logo

ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްޞަ ކެމްޕޭން އޭޖީ އޮފީހުން އިފްތިތާހުކޮށްފި

profile

އާމިނަތު ޝަޒްލާ - 08 އޯގަސްޓު 2026 - 11:51

ގާނޫނަށް އަހުލުވެރި، ހައްގުތަކާއި މަސްއޫލިއްޔަތުތަކަށް ހޭލުންތެރި މުޖުތަމައެއް ބިނާކުރުމުގެ މަޤްޞަދުގައި، ބަންޑާރަނައިބުގެ އޮފީހުން ޚާއްޞަ ކެމްޕޭނެއް "އެނގުމަކީ ބާރެއް" ގެ ނަމުގައި އިފްތިތާހުކޮށްފިއެވެ.

https://wamco.com.mv/

މި ކެމްޕޭނަކީ ޔޫއެންޑީޕީ މޯލްޑިވްސްއާ ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މާލީ އެހީތެރިކަމާއެކު ހިންގާ "އެއިމް ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

ބަންޑާރަނައިބުގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، "އެނގުމަކީ ބާރެއް" ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ގާނޫނީ މައުލޫމާތު އާންމުންނަށް ފަސޭހައިން ފޯރުކޮށްދީ، ގާނޫނުތަކަށް އާންމު ރައްޔިތުން އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން، ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ ހައްގުތަކާއި މަސްއޫލިއްޔަތުތައް ސާފުކޮށް އެނގި، ދިރިއުޅުމުގެ ތަފާތު ކަންކަމުގައި އިތުބާރާއެކު ގޮތް ނިންމުމުގެ ގާބިލުކަން ހޯދައިދިނުމަކީވެސް މި ކެމްޕޭނުގެ މުހިންމު ބޭނުމެކެވެ.

މި ކެމްޕޭނުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާ ގުޅޭގޮތުން އޭޖީ އޮފީހުން ވިދާޅުވީ، މީސް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމުގެ އިތުރުން، އާންމުންނާ ހަމައަށް ސީދާ މައުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް، ހޭލުންތެރިކުރުމުގެ އިވެންޓްތައް ބޭއްވުމަށް ވަނީ ރޭވިފައެވެ.

މި ހަރަކާތްތަކުގެ ތެރެއިން އާންމު ދިރިއުޅުމާ ގުޅުންހުރި މުހިންމު ގާނޫނީ މައުލޫމާތުތައް، އާންމުންނަށް ފަސޭހައިން އޮޅުންފިލާނެ ފަދަ ގޮތްތަކަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގައި ގާނޫނީ ހޭލުންތެރިކަން އިތުރުކޮށް، އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުން އަހުލުވެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

https://wamco.com.mv/
tel:+9607331319