logo

ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން: 6,000 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލު ބަލައިފި

profile

އާމިނަތު ޝަޒްލާ - 08 އޯގަސްޓު 2026 - 14:09

ތ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް، ކަނޑާއި ވައިގެ މަގުން 6,000 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ބުނެފިއެވެ.

https://wamco.com.mv/

އިއްޔެ ރޭ ހިނގި މި ހާދިސާގައި، ދޯންޏަށް ރާޅު އަރައި ދިޔަވަމުން ދިޔަ ވަގުތު އެ އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތް ކުރުމަށް ސިފައިންނާއި ފުލުހުން ދިޔައީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ނަމަވެސް، މަސައްކަތް ކުރަމުން ދަނިކޮށް ދޯނި ވަނީ ކަނޑަށް އަޑިއަށް ގޮސްފައެވެ.

އެމް.އެން.ޑީ.އެފް އިން މައުލޫމާތު ދެއްވި ގޮތުގައި، ދޯނި އަޑިއަށް ދިޔަ ވަގުތު އޭގައި ޖުމްލަ 8 މީހުން ތިއްބެވެ. އޭގެ ތެރެއިން 5 މީހަކު ވަނީ ސަލާމަތް ކުރެވިފައެވެ. އެހެންނަމަވެސް، އެހީތެރިވުމަށް ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން އަދިވެސް ފެނިފައެއް ނުވެއެވެ.

މި ތިން މީހުން ހޯދުމަށް ހުއްޓުމެއް ނެތި ކުރިއަށްގެންދާ އޮޕަރޭޝަނާ ގުޅޭގޮތުން އެމް.އެން.ޑީ.އެފް އިން ރޭ ހާމަކުރެއްވި ތަފުސީލުތަކަށް ބަލާއިރު، މިހާތަނަށް ވައިގެ މަގުން 5,212 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ކަނޑުމަގުން 1,070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތުގައި ސިފައިންގެ ކޯސްޓްގާޑާއި، ވައިގެ ސިފައިންގެ އިތުރުން ފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ

https://wamco.com.mv/
tel:+9607331319