logo
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް

މޯލްޑިވިއަންގެ މަތިންދާ ބޯޓެއް

އަންނަ މަހުގެ 17ގައި މޯލްޑިވިއަން އިން އޮސްޓްރޭލިއާއަށް ދަތުރު ފަށަނީ

profile

މުޙައްމަދު ފަޟްލޫން - 15 އޭޕްރީލު 2026 - 06:35

އަންނަ މަހު މޯލްޑިވިއަންގެ ސީދާ ދަތުރުތައް އޮސްޓްރޭލިއާ އަށް ފަށަން ހަމަޖެހިއްޖެއެވެ.

https://wamco.com.mv/

މިއީ މޯލްޑިވިއަން އިން މުޅިން އަލަށް އޮސްޓްރޭލިއާއަށް ކުރަން ފަށާ ދަތުރުތަކެކެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އޮސްޓްރޭލިއާގެ ދަތުރުތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މޭ މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

އެގޮތުން މޭ 17 ގައި ރާއްޖެއިން ފުރާ ފްލައިޓް، އެނބުރި ރާއްޖެ އައުމަށް ތާވަލުކުރެވިފައިވަނީ މޭ މަހުގެ 19 ވަނަ ދުވަހަށެވެ.

މި ދަތުރުތައް ސީދާ ކުރާނީ އޮސްޓްރޭލިއާގެ މެލްބަން އަށެވެ. ފެށުމުގެ ގޮތުން ހަފުތާއަކު އެއް ދަތުރު ބޭއްވުމަށް ނިންމާފައިވީ ނަމަވެސް، ފަސިންޖަރުންގެ ތަރުހީބަށް ބަލައި ދަތުރުތަކުގެ އަދަދު އިތުރުކުރާނެ ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.

އޮސްޓްރޭލިއާއާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ މުހިންމު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާރިޗު މަހުގެ 19 ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޯޑު ޗެއާމަން އަބްދުލް ހާރިސްއެވެ. އޮސްޓްރޭލިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޑިޕާޓްމަންޓް އޮފް އިންފްރާސްޓްރަކްޗަރގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ އިންޓަނޭޝަނަލް އޭވިއޭޝަން ޖިމް ވޯލްފްއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk