logo
ފޮޓޯ: ރައީސް އޮފީސް

ފޮޓޯ: ރައީސް އޮފީސް

އެފްއޭއެމް ތަރައްގީކުރުމަށް ފީފާގެ ރައީސްއާއެކު މަޝްވަރާ ކުރައްވައިފި

profile

އައިޝަތު އިބްރާހިމް - 25 އޮކްޓޯބަރު 2025 - 07:22

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ތަރައްގީކުރުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއިއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޝްވަރާ ކުރައްވައިފިއެވެ.

https://wamco.com.mv/

ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް ،ފީފާ ގެ ރައީސް ޖިއަނީ އިންފަންޓީނޯ ރާއްޖެއަށް ވަޑައިގަތުމުން މެހެމާންދާރީ އަދާކުރުމުގެ ފުރުސަތު ލިބުމުން އެކަމަށް އުފާކުރައްވާކަމަށާއި ޝުކުރު އަދާކުރެއްވިއެވެ.

ފީފާއިން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އަބަދު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ތަރައްގީކުރުމަށް ފީފާގެ ރައީސްއާއެކު މަޝްވަރާކުރެއްވި ކަމަށެވެ.

View post on Twitter

ފީފާގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ ރައީސް އޮފީހުގައި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ދެ ފަރާތުން ވެސް ވަނީ ރާއްޖޭގައި ފުޓްބޯޅައިގެ ދާއިރާ ކުރިއެރުވުމަށާއި، އެފްއޭއެމްގެ ތަރައްގީއަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެފްއޭއެމްގެ ރައީސް އަހްމަދު ތާރިގުގެ ދައުވަތަކަށް ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން ރައީސްއާ ބައްދަލުކުރެއްވިއިރު، އިއްޔެ ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުރިއަށްދިޔަ ހާއްސަ ފުޓްބޯޅަ ފެސްޓިވަލްގައި ވެސް ދެ ބޭފުޅުން ވަނީ ބައިވެރިވެޑައިގެންފައެވެ.

މިއީ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މި ޒިޔާރަތުގައި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާއި ވަސީލަތްތައް ހުރިގޮތާއި އެހެނިހެން ކަންކަން އިންފަންޓީނޯ ވަނީ އޮޅުންފިލުއްވާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay