logo

ސީޕްލޭން ޕްލެޓްފޯމެއް ހުއްދަ ނުހޯދާ އެޅުމުން ޖޫރިމަނާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 26 ޑިސެމްބަރު 2025 - 09:52

އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ހުއްދަނެތި ރ އަތޮޅު އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުން މަންތާ އެއާވޭސް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

https://wamco.com.mv/

އީއާރްއޭއިން ނެރުނު ބަޔާނެއްގައި ބުނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012 އާއި ހިލާފަށް، އެ ގަވާއިދުގެ 20 ވަނަ މާއްދާގައި ގައި ނުހިމެނޭ މަޝްރޫއުތަކުގެ ތެރެއިން ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ މަޝްރޫއުތައް އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ކުރިން މި ގަވާއިދުގެ އަށް ވަނަ މާއްދާގެ ދަށުން ސްކްރީންކޮށް، އެ އޮތޯރިޓީގެ ހުއްދަ ހޯދަންޖެހޭނެކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

ނަމަވެސް އެ މަރުޙަލާތައް ފުރިހަމަ ކުރުމަކާނުލައި އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫއުގެ މަސައްކަތްތައް މާންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންގޮސްފައިވާ ކަމަށް އީއާރްއޭ އިން ބުނެފައިވެއެވެ.

އެ މައްސަލަ އެ އޮތޯރިޓީން ބެލުމަށްފަހު، 20 ހާސް ރުފިޔާ އިން މާންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑު ވަނީ މި މަހުގެ 21 ވަނަ ދުވަހު ޖޫރިމަނާ ކޮށްފައެވެ.

އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީން ވަނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ފައިސާ ދެއްކުމަަށް މަންތާ އެއަރވެސް އަށް އަންގާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay