logo

މަސްޖިދުލްއީމާން މިސްކިތް ހުޅުވައިފި

profile

މުޙައްމަދު ފަޟްލޫން - 26 ޑިސެމްބަރު 2025 - 10:49

ހުޅުމާލެ ފޭސް 2 ގައި އަލަށް ޢިމާރާތްކުރި މަސްޖިދުލްއީމާން މިސްކިތް މިއަދު ހުކުރު ނަމާދަށް ފަހު ރަސްމީކޮށް ހުޅުވައިފިއެވެ.

https://wamco.com.mv/

މި މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ އަލްހާފިޒު އުވައިސް ބިން އިނާޒުއެވެ.

މަސްޖިދުލްއީމާން އަކީ 1200 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ހުރި، ތިން ފަންގިފިލާގެ މިސްކިތެކެވެ.

މި މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރުމަށް ޚާއްސަ ތަނަކާއި، ވުޟޫކުރުމަށް ޚާއްސަ ބައެއްވެސް ހަދާފައިވެއެވެ.

މިސްކިތުގެ ގްރައުންޑް ފްލޯގައި 8 ފާހާނާ ހުރިއިރު، އޭގެ ތެރެއިން 2 ފާހާނާއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ ފާހާނާއެވެ.

މި މިސްކިތް ބިނާކޮށްފައިވަނީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިސްކިތުގެ ގޯތިތެރޭގައި ޕާކިންގ ޒޯނެއް ހަދާފައިވާއިރު މި މިސްކިތް ބިނާކޮށްފައިވަނީ މިސްކިތުގެ ތެރެއަށް އިރުގެ އަލި ފޭދޭ ގޮތަކަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay