logo

މުރައިދޫގޭގެ މުވައްޒަފުންގެ ތަފްސީލާ ގުޅޭ ކޮމިޓީ ސިއްރު

profile

މަރްޔަމް އުމްނާ އިސްމާޢީލް - 14 އޮކްޓޯބަރު 2024 - 13:50

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން:

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން:

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ މުރައިދޫގޭގެ މުވައްޒަފުންގެ ތަފްސީލްތައް ހޯދަން އެކި ފަރާތްތަކުން އެދެމުންދާތީ އެކަމާ ގުޅިގެން މިއަދު ބޭއްވި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

241 ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ މުރައިދޫގޭގެ މުވައްޒަފުންގެ އަދަދާއި އެމީހުންގެ މުސާރަތަކުގެ ތަފްސީލު ހޯދަން އެކި ފަރާތްތަކުން އެދެމުންދާތީ އެކަމާ ގުޅިގެން މަޝްވަރާ ކުރުމެވެ.

"މި ކޮމިޓީއަށް މިއަދު އަޅުގަނޑުމެންނަށް ލިބިފަ އޮތް ސިޓީއަކީ އަސްލުގަ އަޅުގަނޑުމެންގެ މުއްދަތު ހަމަވެގެން އިތުރަށް 15 ދުވަސް ހޯދައިގެން މަޖިލީސް ބަންދުވުމާ ގުޅިގެން މި ސިޓީއަށް ޖަވާބު ނުދެވި ވަނީ. މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުންނަވާ ގެކޮޅުގައި ތިބޭ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންގެ މުސާރަތަކާއި މި ތަފްސީލް ހޯދަން އެކި އެކި ފަރާތްތަކުން ލިޔާ ލިޔުންތަކަށް މަޖިލިސް އިދާރާއިން މި ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއެއް." ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް

މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް ފޮނުވި ސިޓީގެ މައްސަލަ އެޖެންޑާކުރި ބައްދަލުވުން ކުރިއަށް ގެންދިއުމުގެ ކުރިން ސިއްރުކުރަން މެމްބަރުން ބޭނުންވޭތޯ ކޮމިޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އެއްސެވިއެވެ. އެއަށްފަހު ކޮމިޓީގެ ނައިބު މުގައްރިރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ހުށަހެޅުއްވި ގޮތަށް ކޮމިޓީ ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ވަކި ގެކޮޅެއް ކަނޑައެޅުއްވީ 19 ވަނަ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ. އެ ގެކޮޅުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން އަންނަނީ އެމްއެންޑީއެފުންނެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ އިންތިޚާބުވެވަޑައިގަތުމަށް ފަހު، މުރައިދޫގެ މަރާމާތު ކުރައްވައި ބައެއް މަގާމުތަކަށް ވެސް ބަދަލު ގެންނަވާފައި ވެއެވެ. އެމަނިކުފާނު މުރައިދޫ ގެއަށް ބަދަލުވެވަޑައިގެންނެވީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ

އެގޭގެ ޗީފް އޮފް ސްޓާފަކަށް ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމް ހަމަޖައްސައި،ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވަނީ އައްޔަނު ކޮށްފައެވެ. އެމީހުންގެ މުސާރަ އާއި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދާއި ގުޅިގެން އެކި ފަރާތްތަކުން ސުވާލު އުފައްދަމުންދާތާ ދުވަސްކޮޅެއް ވެއްޖެއެވެ.

https://wamco.com.mv/
tel:+9607331319