.jpg&w=3840&q=75)
އަޑިއަށްދިޔަ ސީޕްލޭން
ސީޕްލޭން ހާދިސާގެ މައްސަލަ ދަނީ ބަލަމުން: އެމްޓީއެސްބީ

މުޙައްމަދު ފަޟްލޫން - 12 ނޮވެމްބަރު 2026 - 11:57
ޓީއެމްއޭ ގެ ސީޕްލޭނެއް ދިޔަވެ ހިނގި ނުރައްކާތެރި ހާދިސާ، މޯލްޑިވްސް ޓްރާންސްޕޯޓް ސޭފްޓީ ބޯޑު (އެމްޓީއެސްބީ) އިން ތަހުގީގުކުރަން ފަށައިފިއެވެ.
އެމްޓީއެސްބީ އިން ނެރުނު ބަޔާނެއްގައި ބުނީ ގޮތުގައި، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތުތައް އާންމުކުރަމުންދާނެ ކަަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ނޫވިލު ސީޕްލޭން ޓާމިނަލުން ބޯޓު ފުރަން އުޅުމުގެ ތެރޭގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި ހާދިސާގައި ބޯޓުގެ ކެބިން އެޓެންޑަންޓަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ނަމަވެސް، އިތުރު އެއްވެސް ފަސިންޖަރަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދިން ގޮތުގައި، ސީޕްލޭން ދިޔަވާން މެދުވެރިވީ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓެކްސީ ކުރަމުން ދަނިކޮށެވެ. އަދި ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ކުންފުނީގެ އެއާޕޯޓް އިމަޖެންސީ ސާވިސަސްއިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ކުއްލި ހާލަތުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ފުރަން ތައްޔާރުވަމުން ދަނިކޮށް އިންޖީނަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކުއްލިއަކަށް ބޯޓުގެ ސްޕީޑު ބާރުވުމުންނެވެ. އެ ވަގުތު ކަނދުމަތީގައި ހުރި ކެބިން ކުރޫ، ބޯޓު އެއްފަރާތަކަށް ބުރަވެ ކަނދު ބިންދައިގެން ދިއުމުގެ ސަބަބުން، ކަނދާއި ބޯޓާ ދެމެދު ފިތުނީ ކަމަށް ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެންޑީއެމްއޭ އިން ކާރިސާތަކުން ހޭލުންތެރިކުރުމާއި ބެހޭ ސެޝަންއެއް ބޮޑުފުޅަދޫގައި ކުރިއަށް ގެންގޮސްފި
9 މިނިޓު ކުރިން

ހަތަރުވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ނިންމާލައިފި
10 މިނިޓު ކުރިން
.jpeg&w=3840&q=75)
ޤައުމީ ޙަރަކާތުގެ ސެކްރެޓޭރިއަޓުން ރަސްމާލެ މަޝްރޫޢާ ދެކޮޅު ކަމަށް ބުނެ އަލްޢައްބާރަށް ސިޓީއެއް!
12 މިނިޓު ކުރިން

މަގުމައްޗަށް ކުޅުޖެހުން: ބޭއަދަބީ އަދި ނުރައްކާތެރި ކަމެއް!
ގަޑިއިރެއް ކުރިން


