logo
މުޖުތަމަޢުގެ ވިލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި އއ. ބޮޑުފޮޅުދޫގައި  ކުރިއަށްގެންދިޔަ ހޭލުންތެރިކަމުގެ ސެޝަން

މުޖުތަމަޢުގެ ވިލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި އއ. ބޮޑުފޮޅުދޫގައި ކުރިއަށްގެންދިޔަ ހޭލުންތެރިކަމުގެ ސެޝަން

އެންޑީއެމްއޭ އިން ކާރިސާތަކުން ހޭލުންތެރިކުރުމާއި ބެހޭ ސެޝަންއެއް ބޮޑުފުޅަދޫގައި ކުރިއަށް ގެންގޮސްފި

profile

މުޙައްމަދު ފަޟްލޫން - 12 ނޮވެމްބަރު 2026 - 12:59

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، މުޖުތަމަޢުގެ ވިލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި އއ. ބޮޑުފޮޅުދޫގައި ހާއްސަ ހޭލުންތެރިކުރުމުގެ ސެޝަނެއް ބާއްވައިފިއެވެ.

https://wamco.com.mv/

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި ބޮޑުފޮޅުދޫ ކައުންސިލްގެ އިތުރުން ޔުނިސެފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ މި އެއްދުވަހުގެ ޕްރޮގްރާމުގައި، އެ ރަށުގެ 30 އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވެއެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދިން ގޮތުގައި، މި ސެޝަން މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ކާރިސީ ހިރާސް ކުޑަކުރުމަށް ކުރެވިދާނެ ކަންކަމާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކުގެ އިތުރުން، އެފަދަ ޙާލަތްތަކުގައި އެ އޮތޯރިޓީއަށް މަޢުލޫމާތު ހިއްސާކޮށް ރިޕޯޓްކުރާނެ އުސޫލުތަކަށެވެ.

މި ސެޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ދިފާޢީ އަދި ގައުމީ ހިދުމަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ސަފޫރާއެވެ.

ސަފޫރާގެ ވާހަކަފުޅުގައި، ބޮޑުފޮޅުދޫ ކައުންސިލުން އިސްނަގައިގެން މިފަދަ މުހިއްމު ޕްރޮގްރާމެއް އިންތިޒާމުކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މީގެއިތުރުން، މުޖުތަމަޢު ހޭލުންތެރިކުރުމަށްޓަކައި މިބާވަތުގެ ސެޝަންތައް ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ އެކި ރަށްރަށުގައި އެންޑީއެމްއޭއިން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން އެކަމަނާ ދެއްވިއެވެ.

މި ސެޝަނަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކާރިސާތަކުގެ ހިރާސް ކުޑަކުރުމުގެ ދުވަސް (އިންޓަނޭޝަނަލް ޑޭ ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން) އާ ގުޅުވައިގެން ކުރިއަށްގެންދިޔަ ޙަރަކާތެއް ކަމަށްވެސް އެންޑީއެމްއޭއިން ވަނީ ހާމަކޮށްފައެވެ.

https://wamco.com.mv/
tel:+9607331319