logo
ޝަހީދު ހުސައިން އާދަމް ބިލްޑިންގ

ޝަހީދު ހުސައިން އާދަމް ބިލްޑިންގ

ބަނގުރާ ގެންގުޅެ ބޭނުންކުރި ކަމުގެ ތުހުމަތުގައި ސިފައިންގެ މީހަކު ހައްޔަރުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 12 ނޮވެމްބަރު 2026 - 11:59

ބަނގުރާ ގެންގުޅެ، އޭގެ ބޭނުންކުރި ކަމުގެ ތުހުމަތުގައި ދިވެހި ސިފައިންގެ މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.

https://wamco.com.mv/

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކ. ތުލުސްދޫ، ވާދޫ، އުމުރުން 19 އަހަރުގެ މުޙައްމަދު ރަޒާން ޢަލީ ޒާހިރެވެ.

ފުލުހުން ބުނި ގޮތުގައި އޭނާއަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޕްރައިވެޓް ރޭންކުގައި ހިދުމަތްކުރަމުން އަންނަ މީހެކެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ވާގޮތުން، ރަޒާން ހައްޔަރުކޮށްފައިވަނީ ޤާނޫނީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކުރީ، މި މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު ކަމަށް އޭނާ ކޯޓުގައި ބަޔާންކުރުމާ ގުޅިގެންނެވެ.

https://wamco.com.mv/
tel:+9607331319