logo

ގަވާއިދުން ކުލި ދައްކައިގެން ލިބޭ އުމްރާ ދަތުރުގެ ނަސީބުވެރިން ހޮވައިފި

profile

އަހުމަދު ޒަލީފު - 02 ނޮވެމްބަރު 2023 - 11:21

--

--

ގަވާއިދުން ކުލި ދައްކައިގެން އުމްރާ ދަތުރެއް ހޯދުމަށް ހުޅުވާލި "ޕޭ އެންޑް ވިން" ގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ފަރާތްތަކުގެ ގުރުއަތު ނަގައިފިއެވެ.

އާބަންކޯއިން ވިދާޅުވީ މިއަދު ނެގި މި ގުރުއަތުލުމުގައި ހަތަރު ފަރާތެއް ހޮވާފައިވާ ކަމަށާއި އެއީ އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ދެފަރާތެއް ކަމަށެވެ.

މީގެ އިތުރުން ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދެއްކި ފަރާތްތަކުގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު ދެފަރާތްވެސް ހިމެނެއެވެ.

އާބަންކޯއިން ވިދާޅުވީ ގަވާއިދުން ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން ގުރުއަތު ނަގައި ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ކުންފުނިން ވިދާޅުވީ ޖެހިޖެހިގެން ހަ މަސް ވަންދެން ގަވާއިދުން ކުލި ދައްކައިފިނަމަ މި ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ.

އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް ގަވާއިދުން ކުލި ދައްކާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން ޖެނުއަރީ 2024 ގައި ކުރިއަށް ގެންދިއުމަށް އާބަންކޯއިން ވަނީ ނިންމާފައެވެ.

"ޕޭ އެންޑް ވިން" އަކީ އާބަންކޯއިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ އަދި އެއްވެސް އޯވަޑިއުއެއް ނެތް ފަރާތްތަކަށް އެކަނިއެވެ.

https://wamco.com.mv/
tel:+9607331319