
ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި

މުހައްމަދު ހަފީޒް - 30 ނޮވެމްބަރު 2024 - 07:13
މަގުތަކުގައި ހުރި ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ( ސްޓެލްކޯ) އިން ފަށައިފިއެވެ.
ސްޓެލްކޯގެ މުވައްޒަފުން ހިންގާ "ޗާލު ވެށި – މަގޭ ޒިންމާ" ހަރަކާތުގެ ދަށުން އެ ކުންފުނީގެ ސަބް ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތް ކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، ސަބް ސްޓޭޝަންތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސްޓެލްކޯއިން ބުނީ ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތުގެ ދަށުން މާލެ, ހުޅުމާލެ އަދި ވިލިމާލޭގެ އިތުރުން އެ ކުންފުނިން ހިދުމަތް ދެމުންދާ ރަށްތަކުގެ ސަބްސްޓޭޝަން ތަކާއި ޑިސްޓްރިބިއުޝަން ސްޓޭޝަން ހިމެނޭ ސަރަހައްދުތައް ސްޓެލްކޯ މުވައްޒަފުން ނުކުމެ ސާފުކޮށް ބެލެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ތިމާވެށީގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ސްޓެލްކޯއަށް ނިސްބަތްވާ ހުރިހާ ސަރަހައްދެއް އަބަދުވެސް ސާފުކޮށް ބަލަހައްޓަމުންދާ ތަންތަނުގެ ގޮތުގައި ބޭއްވުމަށް މުވައްޒަފުންނަށް ހިތްވަރުދިނުން ކަމަށް އެ ކުންފުނިން އިން ބުނެއެވެ.
ސްޓްލެކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ކުރާ މަސައްކަތުގައި ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް މިނިސްޓަރު ތާރިގަށް ޝުކުރު އަދާކުރާކަމށެވެ. އަދި އެމްޑީ ވިދާޅުވީ މި ހަރަކާތަކީ ކުޑަ މަޝްރޫއެއް ނަމަވެސް މިކަމުގެ ސަބަބުން ނުކުންނަ ނަތީޖާ ވަރަށް ބޮޑުވާނެ ކަމަށެވެ.
މާލެއާއި ރަށްރަށުގައި ގިނަ އަދަދެއްގެ ޑިސްޓްރިބިއުޝަން ފޮށިތަކާއި ސަބް ސްޓޭޝަންތައް ގާއިމުކޮށްފައިވާއިރު, އެކި ބާވަތުގެ ޕޯސްޓަރުތަކާއި އިސްތިހާރު ކަރުދާސް ތަތްކުރުމުގެ ސަބަބުން އެ ފޮށިތައް ވަރަށް ބޮޑަށް ހަޑިވެއެވެ.
ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މި ހަރަކާތް ފަށްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް އާއި ސްޓްލެކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އަދި މާލޭގެ މޭޔަރު އާދަމް އާޒިމްއެވެ.
ގުޅުން ހުރި ޙަބަރުތައް

ސީއެޗްއެސްއީގެ ހަތަރު ދަރިވަރަކަށް އެމްއޭސީއެލް މެރިޓް އެވޯޑް 2025 ދީފި
ގަޑިއިރެއް ކުރިން

2025 ވަނަ އަހަރު ޓީޓިގެ މުއާމަލަތްތަކަށް ބޭނުންވާ ޑޮލަރަށް %50 އާ ހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ 2024 ވަނަ އަހަރާ ބަލައިރު ބޮޑު ކުރިއެރުމެއް: ޝަރީފް
2 ގަޑިއިރު ކުރިން

ފަތުރުވެރިކަމުގެ ސިނާއަތަށް ދެއަހަރު ތެރޭ އަލަށް 365 މިލިއަން ޑޮލަރު ދޫކުރިން: ބީއެމްއެލް
2 ގަޑިއިރު ކުރިން

24 އަހަރު ތެރޭ ބެންކުން ބެހެއްޓި އޭޓީއެމްގެ އަދަދު، ވޭތުވެދިޔަ އަހަރެއްހާ ދުވަސްތެރޭ ދެގުނައަށް ވުރެ އިތުރުކޮށްފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)