logo

ނުރައްކާތެރި ކެމިކަލްއެއް އެކުލެވޭ ދެ ބޭހަކަށް ސަމާލުވާން އެދިއްޖެ

profile

އައިމިނަތު ރޫޔާ - 26 ނޮވެމްބަރު 2024 - 14:21

ބޭސްފިހާރައެއް

ބޭސްފިހާރައެއް

ނުރައްކާތެރި ކެމިކަލް އެއް އެކުލެވޭ ދެ ބޭހަކަށް ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އަތޯރިޓީއިން އެދިއްޖެއެވެ.

އެ އަތޯރިޓީ އިން ބުނީ ރާއްޖޭގެ މާރކެޓުގައި ހުންނަ ބޭހަކީ ފެންވަރު ރަނގަޅު، ރައްކާތެރި ބޭސްކަން ކަށަވަރުކުރުމަށްޓައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން، އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ މާކެޓުން ސާމްޕަލް ނަގައި ސްކްރީން ކުރި، ތަދުކެނޑުމަށް ބޭނުންކުރާ ދެ ބޭސް ކަމުގައިވާ، މެފްނެކް ސަސްޕެންޝަން އަދި އެކްސެލް މެފްނެމިކް އެސިޑް (މެފްނެމިކް އެސިޑް) ބޭސްއިން ނުރައްކާތެރި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތީތަލައިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އަތޯރިޓީއިން އިން ބުނީ މި ދެ ބޭހުގެ ކޮންފަރމޭޓްރީ ޓެސްޓް ހެދުމަށްޓަކައި، ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އެ އަތޯރިޓީއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ދެ ބޭހުގެ އެއްވެސް ބެޗެއް ވަކި ގޮތެއް އަންގަންދެން ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި ބޭނުން ކުރުން ވަގުތީ ގޮތުން މަނާ ކޮށްފައެވެ.

އެހެންކަމުން މިވަގުތު ބޭސް ފިހާރަތަކުގައާއި ބޭސް ގުދަންތަކުގައި ހުރި މި ދެ ބޭސް ސްޓޮކާއި ވަކިކޮށް ބެހެއްޓުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އަތޯރިޓީއިން އިން ވަނީ އަންގާފައެވެ. އަދި ބޭސް ގަންނަ އެންމެހާ ރައްޔިތުން ސަމާލުވުމަށް އެ އަތޯރިޓީ އިން ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319