logo

ފިރިހެނުންނަށް ޚާއްސަ މާމުއި އެތެރެކޮށް ވިއްކުން މަނަކޮށްފި

profile

ޝުރުފާ މުހައްމަދު - 22 ޖުލައި 2024 - 15:23

ހެލްތު މިނިސްޓްރީ---

ހެލްތު މިނިސްޓްރީ---

ފިރިހެނުންގެ ޖިންސީ ކަންކަމަށް ޚާއްސަކޮށް ކަމަށް ބުނެ ސޯޝަލް މީޑިއާ ޕޭޖުތަކުން ވިއްކާ އެކި ބާވަތުގެ މާމުއި އެތެރެކޮށް ވިއްކުން މަނާ ކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު އިއުލާނުގައި މަނާކޮށްފައި ވަނީ "ޓަޑަލަފިލް" އަދި "ސިލްޑަނަފިލް" ހިމެނޭ މާމުތް ތަކެކެވެ. އެ އިއުލާނުގައިވާގޮތުން އެ މާމުޔަކީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވިއްކަމުން އަންނަ އެއްޗެހިތަކެކެވެ.

އެމްއެފްޑީއޭއިން ބުނީ މިފަދަ ބާވަތްތައް ބޭނުންކުރުމަކީ ސިއްހަތަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި މީހާގެ ފުރާނައަށް ވެސް ނުރައްކާ ވެދާނެ ކަމަށް ބުނެފައިވެ އެވެ. އެހެންވެ މި ތަކެތި ވިއްކާ އިމްޕޯޓްކޮށް، ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް އެމްއެފްޑީއޭއިން ބުނެފައިވެ އެވެ.

އެމްއެފްޑީއޭއިން ބުނީ މި 2022 ވަނަ އަހަރު ވެސް މިކަން ސަމާލުކަމަށް އައިސް އެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

https://wamco.com.mv/
tel:+9607331319