logo

މިނިސްޓަރު އިހުސާން މަޖިލީހަށް ހާޟިރުކުރަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 27 އޮކްޓޯބަރު 2024 - 23:59

މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި

މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހޯމްލޭންޑް ސެކިއުރިޓީ، އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ހާޒިރުކުރުމަށް އެޖެންޑާ ކޮށްފިއެވެ.

ހޯމަ ދުވަހުގެ 09:00 އަށް ތާވަލުކޮށްފައިވާ ޖަލްސާއަށް މިނިސްޓަރު ހާޒިރުވެވަޑައިގަންނަވަނީ ފުލުހުންނާއި ކަސްޓަމްސް އިން އެކިއެކި މައްސަތަކުގައި ތަހުގީގަށް ހިފަހައްޓާ ފައިސާ ބެލެހެއްޓޭނެ ހަރުދަނާ ނިޒާމަކާ ގުޅިގެން ކުރަން ހުށަހަޅާފައިވާ ސުވާލަށް ޖަވާބުދާރީވެވަޑައި ގެންނެވުމަށެވެ.

އެ ސުވާލު ކުރައްވަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމެވެ.

ވަޒީރާ ސުވާލުކުރުމުގެ އިތުރުން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދެ ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށް ވެސް ވަނީ ތާވަލު ކޮށްފައެވެ. އެއީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

ހަމައެއާއެކު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްވެސް އެ ޖަލްސާގައި ފެށުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި މަޖިލީހުގެ އެޖެންޑާގައި ހިމަނާފައިވަނީ އިންޑިއާއަށް އާ ސަފީރަކު ކަނޑައެޅުމުގެ މައްސަލައެވެ.

https://wamco.com.mv/
tel:+9607331319