logo

ޤަތަރުގެ ފޮރިން މިނިސްޓަރ އޮފް ސްޓޭޓް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

profile

މުޙައްމަދު ފަޟްލޫން - 09 ނޮވެމްބަރު 2025 - 06:43

ޤަޠަރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަދި ކެބިނެޓް ވަޒީރު ސުލްތާން ބިން ސާދު އަލްސުލްތާން އަލް މުރައިކީ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މިއަދު ފުރާވަޑައިގެންފިއެވެ.

https://wamco.com.mv/

މި ދަތުރުފުޅަކީ އިސްލާމްދީނުގެ މަތިވެރި އަސާސްތަކާއި، އެއްގޮތް ޘަޤާފަތެއްގެ މައްޗަށް ބިނާވެފައިވާ ދެ ޤައުމުގެ އަޙްވަންތަ ގުޅުން ރަމްޒުކޮށްދޭ، އަދި ދެ ޤައުމުގެ ދެމެދު ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ކުރެވުނު ދަތުރުފުޅެކެވެ.

ޤަޠަރުގެ ސްޓޭޓް މިނިސްޓަރގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަނީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މީގެ އިތުރުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްއާ ބައްދަލުކުރައްވައި ދިވެހިރާއްޖެއާއި ޤަޠަރާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، އިޤްތިޞާދީ ރޮނގުންނާއި، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށާއި، ދެ ޤައުމަށްވެސް ފައިދާހުރިގޮތެއްގައި ތަރައްޤީއާ ގުޅުންހުރި އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

މި ދަތުރުފުޅުގައި، ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން، ކުރިއަށްއޮތް އަހަރުތަކުގައި އިތުރަށް ވަރުގަދަކޮށް ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފައިދާކުރުވަނިވި ގުޅުމަކަށް ހެދުމުގެ ޔަގީންކަން ދެފަރާތުންވެސް ވަނީ އައުކުރައްވާފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay