
ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު, ފޮޓޯ: ސޯޝަލް މީޑިއާ
މުއިއްޒުގެ ވެރިކަމުން ފެންނަނީ ޚުދުމުހުތާރު ސިފަތަކެއް: ޑރ. ޖަމީލް

އާމިނަތު ޝަޒްލާ - 12 ނޮވެމްބަރު 2026 - 11:56
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގެންދަވަނީ ހުރިހާ ބާރެއް މުށުތެރެއަށް ލައްވައިގެން، ޖުމްހޫރިއްޔަތުގެ އަސާސްތަކުގެ ބާރު ކަނޑުވާލައްވައި ޚުދުމުހުތާރު ވެރިކަމެއްގެ ސިފަ ގައުމުގައި އާންމުކުރައްވަމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލް ވަނީ މި ސަރުކާރުގެ ހިންގުމުގެ ވައްޓަފާޅިއަށާއި، ދައުލަތުގެ ބާރުތައް ވަކިވެފައި އޮތް މިންވަރާމެދު ސުވާލު އުފައްދަވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޖުމްހޫރީ ވެރިކަމެއްގެ ތެރެއިން ދައުލަތުގެ ބާރުތައް ވަކިކުރުން ނުވަތަ 'ސެޕަރޭޝަން އޮފް ޕަވާސް' އާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިއަދު ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގެ ތެރެއިން ވެރިއަކު ވެރިކަން ކުރާތަން ރާއްޖެއިން ނުފެންނަ ކަމަށެވެ. އަދި ދައުލަތުގެ ތިން ބާރުން އެއް ބާރު އަނެއް ބާރަށް ފާރަވެރިވާން ޖެހޭއިރު، މިއަދު ފެންނަނީ ގާނޫނުތައް ހިތުހުރި ގޮތަކަށް ފާސްކޮށް، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވުމަށް އޮތް ދޮރުތައް އެއްކޮށް ބަންދުކޮށްފައިވާ މަންޒަރު ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް މިއަދު ތިބީ ހޮވިފައިވާ ޕާޓީއާ ދެކޮޅަށް އެއްޗެއް ބުނެފިނަމަ ގޮނޑި ގެއްލުމުގެ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ، މިފަދަ ކަންކަމާ ހެދި މިއަދު ޕީއެންސީގެ މަޖިލިސް މެންބަރުން ތިބީ ރައީސް މުއިއްޒުގެ ފައިބުޑަށް ވެއްޓި އަޅުކަންވެސް ކުރާ ހިސާބުގައި ކަމަށެވެ. އަދި މަޖިލިސް މެންބަރުން މިއަދު ތިބީ "އަޅުން" ގެ ދަރަޖައަށް ވެއްޓިފައި ކަމަށާއި، ނަމަވެސް އެއީ ގާނޫނުއަސާސީ އެކުލަވައިލިއިރު މަޖިލީހުގެ ދައުރާމެދު ތަސައްވުރު ކުރި ގޮތް ނޫން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އެންޑީއެމްއޭ އިން ކާރިސާތަކުން ހޭލުންތެރިކުރުމާއި ބެހޭ ސެޝަންއެއް ބޮޑުފުޅަދޫގައި ކުރިއަށް ގެންގޮސްފި
10 މިނިޓު ކުރިން

ހަތަރުވަނަ ބޭސިކް މެރިކަލްޗާރ ޓްރެއިނިންގ ކޯސް ނިންމާލައިފި
10 މިނިޓު ކުރިން
.jpeg&w=3840&q=75)
ޤައުމީ ޙަރަކާތުގެ ސެކްރެޓޭރިއަޓުން ރަސްމާލެ މަޝްރޫޢާ ދެކޮޅު ކަމަށް ބުނެ އަލްޢައްބާރަށް ސިޓީއެއް!
12 މިނިޓު ކުރިން

މަގުމައްޗަށް ކުޅުޖެހުން: ބޭއަދަބީ އަދި ނުރައްކާތެރި ކަމެއް!
ގަޑިއިރެއް ކުރިން


