logo

އެމްޓީސީސީއާއި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި

profile

މުޙައްމަދު ފަޟްލޫން - 13 ޖުލައި 2026 - 11:14

އެމްޓީސީސީ އާއި ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.

https://wamco.com.mv/

މި ބައްދަލުވުން ކުރިއަށްދިޔައީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ އާއި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމެއްގެ ތެރެއިންނެވެ.

ބީއެމްއެލްގެ މައި އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި، ބޭންކުގެ ފަރާތުން އެމްޓީސީސީގެ ހަރަކާތްތަކަށް ފޯރުކޮށްދެވޭނެ މާލީ އެހީތެރިކަމާއި، ފައިނޭންސް ކުރުމުގެ އެކި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން، އެމްޓީސީސީގެ މުވައްޒަފުންގެ ލާބަޔާއި މަންފާއަށް އަމާޒުކޮށްގެން ހައުސިންގ ސްކީމްތަކާއި އެހެނިހެން ފައިނޭންސިންގ ސްކީމްތައް ތައާރަފްކުރުމާ ގުޅޭގޮތުން ދެ މުއައްސަސާގެ ދެމެދުގައި ވަނީ ހިޔާލު ބަދަލުކުރެވިފައެވެ.

މި ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީ ވިދާޅުވީ، ކުންފުނީގެ އެންމެ އަގުހުރި ރައުސުލްމާލަކީ މުވައްޒަފުން ކަމަށެވެ. އެހެންކަމުން، މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކާއި މާލީ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމަކީ ކުންފުނިން އަބަދުވެސް ހާއްސަ އިސްކަމެއް ދޭނެ ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އެމްޓީސީސީގެ މައިގަނޑު އަމާޒަކީ ދުރުވިސްނުމާއެކު ވިޔަފާރި ފުޅާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ހިންގުން ކުރިއަށް ގެންދިއުމެވެ.

ފާއިތުވި 45 އަހަރު ދުވަހު ކަސްޓަމަރުންނާއި، ހިއްސާދާރުންނާއި، ވިޔަފާރީގެ ބައިވެރިންގެ އިތުރުން އާންމު ރައްޔިތުން ކުންފުންޏަށް ކުރަމުންދާ އިތުބާރު ހިފެހެއްޓުމަކީ ކުންފުނީގެ އެންމެ މުހިންމު އެއް މަގްސަދު ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk