logo

ހަމަޖެހުން ގާއިމުވުމުން އުޅަނދުފަހަރަށް ދަތުރުފަތުރުގެ ހުއްދަ ދޫކުރަން ފަށާނެ ކަމަށް އީރާނުން ބުނެފި

profile

ރިޟްވާން މޫސާ - 13 ޖުލައި 2026 - 11:05

ހަނގުރާމަ އާއި ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހުރުމުޒް ކަނޑު އޮޅި ހަމަޖެހުން ގާއިމު ވުމުން އަލުން އުޅަނދުފަހަރަށް ދަތުރުފަތުރުގެ ހުއްދަ ދޫކުރަން ފަށާނެ ކަމަށް އީރާނުން ބުނެފި އެވެ.

https://wamco.com.mv/

އެމެރިކާ އާއި އީރާނުގެ ސިފައިންގެ މެދުގައި ވަރުގަދަ މިސައިލް ހަމަލާތަކާއި ޑްރޯން ހަމަލާތަކެއް ވަނީ ބަދަލުކޮށްފަ އެވެ.

މިދިޔަ އާދީއްތަ ދުވަހު އީރާނުން ވަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފައެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅި އަނެއްކާވެސް ބަންދުކޮށްފައިވާ ކަމަށް އީރާނުން ވަނީ ހާމަކޮށްފައެވެ.

އަލުން ފެށުނު މި ހަމަނުޖެހުންތަކުގެ ސަބަބުން، ކަނޑުއޮޅި ހުޅުވައި، އިތުރު 60 ދުވަހުގެ މަޝްވަރާއަށްފަހު ހަނގުރާމަ ނިންމުމަށް މިދިޔަ މަހު އެމެރިކާ އާއި އީރާނާ ދެމެދު ސޮއިކުރި ވަގުތީ އެއްބަސްވުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

މި ހާދިސާތަކާއެކު އެ އެއްބަސްވުމުގެ މުސްތަގުބަލާމެދު މިހާރު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ވަކި ގޮތެއް އަންގަންދެން އެ ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް ބުނެފައެވެ. އީރާނުން މިފަދަ ނިންމުމެއް ނިންމީ އެމެރިކާގެ އަސްކަރީ ހަރަކާތްތަކާ ގުޅިގެންނާއި ސަރަޙައްދީ ހަމަޖެހުން ގެއްލެމުންދާތީ ކަމަށް އެ ޤައުމުން ބުނެއެވެ.

މި އިޢުލާން ނެރެފައިވަނީ ޚަލީޖު ސަރަޙައްދުގައި މިސައިލާއި ޑްރޯން ހަމަލާތައް އިތުރުވެ، އަސްކަރީ ކުރިމަތިލުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

މިފަހަރު ހަމަލާތައް ފެށުނީ ސައިޕްރަސްގައި ރަޖިސްޓްރީކޮށްފައިވާ، ކޮންޓެއިނަރު އުފުލާ ބޯޓެއް ހޮރްމުޒް ކަނޑުއޮޅިން "ހުއްދަނޫން މަގަކުން" ދަތުރުކުރި ކަމަށް ބުނެ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އެ ބޯޓަށް ހަމަލާ ދިނުމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk