
ހެބްރޯން ގައި ހުންނަ އަލް މަސްޖިދުލް އިބްރާހީމީ މިސްކިތް
އިސްރާއީލުން މަސްޖިދުލް އިބްރާހީމީ މިސްކިތުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަނީ

ރިޟްވާން މޫސާ - 03 ޖުލައި 2026 - 15:39
އިސްރާއީލުން ގާޒާއާއި ހުޅަނގު އައްސޭރީގެ ބިންތައް ފޭރުމުގެ މަސައްކަތް ހަލުވިކޮށް ފަށައި ހެބްރޯން ގައި ހުންނަ އަލް މަސްޖިދުލް އިބްރާހީމީގެ އޮނިގަނޑަށް ދާއިމީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.
ޚަލީލް (ހެބްރޯން) ގައި ހުންނަ އަލް މަސްޖިދުލް އިބްރާހީމީގެ އޮނިގަނޑަށް ދާއިމީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އިސްރާއީލުން ފަށާފައިވާއިރު، ޣައްޒާގައި ޔަހޫދީ އާބާދުވުންތައް އަލުން ގާއިމުކުރުމުގެ ރޭވުންތައް ވެސް ދަނީ ބާރުގަދަވަމުންނެވެ.
ހަމައެއާއެކު، އދ. އިން ކުރިއަށްގެންދިޔަ ތަހުގީގަކުން ވަނީ، އިސްރާއީލުން ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށް ގަސްދުގައި ގަތުލުއާންމު ހިންގާފައިވާކަން ކަށަވަރުކޮށްދީފައެވެ.
ހެބްރޯން ގައި ހުންނަ އަލް މަސްޖިދުލް އިބްރާހީމީ މިސްކިތް
އެގޮތުން، ހެބްރޮން (ޚަލީލް) ގައި ހުންނަ މަސްޖިދުލް އިބްރާހީމީއަށް އިސްރާއީލުގެ ސިފައިން ބޮޑެތި މެޝިނަރީތައް ވައްދައި، އެ މިސްކިތުގެ ހާމައަށް އޮތް ގޯތިތެރޭގައި ދަގަނޑު ބީމްތަކެއް ހަރުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މިސްކިތުގެ ޑައިރެކްޓަރު ސިފަކުރެއްވި ގޮތުގައި، މިއީ އެ އާސާރީ ބިނާގެ ތާރީޚީ އަދި އަސްލު ސިފަ މުޅިން ބަދަލުކޮށްލުމަށް ހިންގާ އަމަލެކެވެ. މީގެ އިތުރުން، އިސްރާއީލުގެ ބާރުތަކުން ވަނީ ވޭތުވެދިޔަ ދޮޅު ހަފްތާއެއްހާ ދުވަހު އެ މިސްކިތުގައި ބަންގި ގޮވުން ވެސް މަނާކޮށްފައެވެ.

މި މަހުގެ ކުރީކޮޅު، އިސްރާއީލުގެ ވަޒީރުން ވަނީ އެ ގައުމުގެ ފުޅާވަމުންދާ އިސްތިއުމާރީ ރޭވުންތަކާ ގުޅޭގޮތުން އެ ބޭފުޅުންގެ ނިޔަތް ހާމަކޮށް ވާހަކަދައްކަވާފައެވެ. މިގޮތުން، މާލީ ވަޒީރު ބެޒަލްއެލް ސްމޮޓްރިޗްގެ ބަސްމަގު ހުރީ މި ފުޅާވަމުންދާ އިސްތިއުމާރީ ހަރަކާތްތަކަށް ސާފުކޮށް ބާރުދޭ މޭރުމަކުންނެވެ.
އިސްރާއީލުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް، "ހެބްރޮން އެކޯޑްސް" (ހެބްރޮން އެއްބަސްވުން) ބާތިލްކުރިކަން އިޢުލާންކުރުމާއި، ޣައްޒާ "ސިއްރިއްޔާތުގައި އިސްރާއީލުގެ މިލްކަކަށް ހެދުމަށް" އެ ގައުމުގެ ކެބިނެޓުން ނިންމާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރަމުންދާ ދަނޑިވަޅެއްގައި، އެ ރޭވުންތައް މިހާރު ވަނީ އަމަލީ ސިފައެއްގައި ފެންނަން ފަށާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިސްރާއީލުން ހުޅަނގު އައްސޭރީގައި އަލަށް 13 އާބާދީއެއް ގާއިމުކުރަނީ
3 ގަޑިއިރު ކުރިން

މުޖުތަމަޢުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތު: ޚުޠުބާ
8 ގަޑިއިރު ކުރިން

ފަލަސްޠީނަށް ރާއްޖެއިން 50،000 ޑޮލަރުގެ އެހީ ދެނީ
8 ގަޑިއިރު ކުރިން

ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތް ވަރުގަދަ ކޮށް، ޒަމާނީ ހައްލު ހޯދަނީ
8 ގަޑިއިރު ކުރިން


.gif&w=3840&q=75)