
އިސްރާއީލުން ހުޅަނގު އައްސޭރީގައި އަލަށް 13 އާބާދީއެއް ގާއިމުކުރަނީ

ރިޟްވާން މޫސާ - 03 ޖުލައި 2026 - 15:38
ގަދަކަމުން ފޭރިގަނެ ހިފާފައިވާ ހުޅަނގު އައްސޭރީގައި އަލަށް 13 އާބާދީއެއް ގާއިމުކުރުމުގެ މަޝްރޫއު އިސްރާއީލުން ފާސްކޮށްފި އެވެ.
އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ މެދުތެރޭ ސަރަހައްދުގައި އަލަށް 13 އާބާދީއެއް ބިނާކުރުމުގެ މަޝްރޫއެއް ފާސްކޮށްފައެވެ.
ފަލަސްތީނުގެ އޮފިޝަލުން ހާމަކުރައްވާ ގޮތުގައި، މި ނިންމުމުގެ ސަބަބުން ފަލަސްތީނުގެ ބިންތައް އިތުރަށް ބައިބައިވެ، އިރުމަތީ ގުދުސް އެ ސަރަހައްދުގެ ފަލަސްތީނުގެ އެހެން މުޖުތަމައުތަކާ އެކަހެރިވެގެންދާނެއެވެ.
އިސްރާއީލުގެ "ޗެނަލް 7" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހިފާފައިވާ ހުޅަނގު އައްސޭރީގެ އެންމެ ބޮޑު އެއް އާބާދީ ސަރަހައްދު ކަމަށްވާ ބިންޔާމިން ސަރަހައްދުގައި މި ޣައިރުގާނޫނީ އާބާދީތައް ބިނާކުރުމަށް ކެބިނެޓުން ނިންމާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
އިސްރާއީލުން ދަނީ ފަލަސްތީނުގެ ބިންތަކަށް ވެވިވެގަތުމަށްޓަކައި ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް އެ ރައްޔިތުންނާމެދު އެތަކެއް ލާއީންސާނީ ހައްދުފަހަނަ އެޅި ޖަރީމާތައް ހިންގަމުންނެވެ.
މީގެ އިތުރުން ލުބުނާނުގައި ވެސް ހައްދުފަހަނަ އެޅި އިސްރާއީލުން ދަނީ އެތަންތަނުގެ ބިންތަކަށް ވެރިވެގަތުމަށް ހަމަލާތައް ބަދަލުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އިސްރާއީލުން މަސްޖިދުލް އިބްރާހީމީ މިސްކިތުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަނީ
3 ގަޑިއިރު ކުރިން

މުޖުތަމަޢުގައި ފެތުރިފައިވާ ކޮރަޕްޝަނުގެ އެންމެ ނުރައްކާތެރި އެއް ބާވަތަކީ ރިޝްވަތު: ޚުޠުބާ
8 ގަޑިއިރު ކުރިން

ފަލަސްޠީނަށް ރާއްޖެއިން 50،000 ޑޮލަރުގެ އެހީ ދެނީ
8 ގަޑިއިރު ކުރިން

ކުށްކުރާ ކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގެ މަސައްކަތް ވަރުގަދަ ކޮށް، ޒަމާނީ ހައްލު ހޯދަނީ
8 ގަޑިއިރު ކުރިން


.gif&w=3840&q=75)