logo
ކަސްޓަމްސް ބިލްޑިންގ

ކަސްޓަމްސް ބިލްޑިންގ

ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން ހިފަހައްޓައިފި

profile

މުޙައްމަދު ފަޟްލޫން - 18 ނޮވެމްބަރު 2026 - 07:32

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.2 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

https://wamco.com.mv/

ކަސްޓަމްސްއިން މައުލޫމާތުދިން ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ މެލޭޝިއާއިން ރާއްޖެ އައި 32 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން، އޭނާގެ ލަގެޖު ބަލައިފާސްކުރުމުގެ ތެރޭގައެވެ.

އަތުލައިގަނެވުނު ތަކެތީގެ ބަރުދަނުގައި ޖުމްލަ 3,200 ގްރާމް (3.2 ކިލޯ) ހުރިއިރު، ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ތުހުމަތުކުރެވޭ މީހާ މިހާރު ވަނީ އިތުރު ތަހުގީގަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައެވެ.

ރާއްޖޭގެ ބޯޑަރުތައް ހުރަސްކޮށް ވައިގެ މަގުންނާއި ކަނޑުމަގުން އެތެރެކުރަން މަސައްކަތްކުރާ މަސްތުވާތަކެތި ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން އަންނަނީ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ.

މިގޮތުން، އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ހިންގޭ އޮޕަރޭޝަންތައް ވަރުގަދަކޮށް، ވަގުފާރިވެރިން ބޭނުންކުރާ އައު އުކުޅުތައް ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވުމަށް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

ފަހަކަށް އައިސް ކަސްޓަމްސްއިން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެވިޔަނުދީ ހުއްޓުވާފައެވެ.

https://wamco.com.mv/
tel:+9607331319