
ލ. ހިތަދޫ ކަޅު އަނދިރީގައި

އާމިނަތު ޝަޒްލާ - 01 ޖޫން 2026 - 18:23
ހައްދުންމަތީ ހިތަދޫގެ އިންޖީނުގެ މައްސަލައެއް ދިމާވުމުގެ ސަަަބަބުން އިރުއިރުކޮޅުން ކަރަންޓްދާން ފަށައިފިއެވެ. ހިތަދޫގައި ކަރަންޓް ދާން ފަށާފައިވަނީ އިއްޔެ ހަވީރުއްސުރެއެވެ.
ހިތަދޫ މީހަކު "އަސްލުޓީވީ" އަށް މައުލޫމާތު ދެމުން ބުނީ އިއްޔެ ހަވީރުއްސުރެއް ކަރަންޓް ދާން ފަށާފައިވާ ކަމަށެވެ. އަދި އެއްލައިނުގައި ކަރަންޓް އޮންނަ ނަމަ އަނެއް ލައިނުތަކުން ކަރަންޓްދާ ކަމަށެވެ. މިވަގުތުވެސް ބައެއް ލައިނުތަކުގައި ކަރަންޓް ނެތް ކަމަށާއި، އެއް ލައިނަށް ކަރަންޓް ދެވެނީ އަނެއްލައިނުން ކަނޑައިލަގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.
ހިތަދޫގައި މިވަގުތު 1 އިންޖީނު ބެނުން ކުރަމުންދާ ކަމަށާއި އަނެއް އިންޖީނު ހެދުމުގެ މަސައްކަތް ފެނަކައިގެ މުވައްޒަފުން ދަނީކުރަމުން ކަމަށާއި، ހިތަދޫގައި ހުންނަ 2 އިންޖީނުން އެންމެ ބޮޑު އިންޖީނު ހަލާކުވެފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ބޭނުން ކުރެވޭ އިންޖީނުން މުޅި ރަށަށް ކަރަންޓް ދިނުމުގެ ކެޕޭސިޓީއެއް ނެތް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. ހިތަދޫގެ ކަރަންޓް މައްސަލަ ޖެހިގެން އުޅޭތަން ދެ ދުވަސް ވެފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ގިނަ އުނދަގޫތަކާއި ވަނީ ކުރިމަތިވެފައެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ށ މިލަންދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
5 ގަޑިއިރު ކުރިން

ތިނަދޫ ސިޓީގައި "ނަމާދެވެ" ޕްރޮގްރާމް ފަށަނީ
8 ގަޑިއިރު ކުރިން

ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް، ގަވާއިދުތަކަށް ބޯލެނބުމަށް މޭޔަރ ޢާޒިމް އިލްތިމާސް!
8 ގަޑިއިރު ކުރިން

ކުދިންގެ މުސްތަޤުބަލް ރައްކާތެރިކޮށްދިނުމުގައި ސާބިތުކަމާއެކު ސަރުކާރު އޮންނާނެ: ރައީސް
11 ގަޑިއިރު ކުރިން


.gif&w=3840&q=75)