
ތިނަދޫ ސިޓީގައި "ނަމާދެވެ" ޕްރޮގްރާމް ފަށަނީ

އާމިނަތު ޝަޒްލާ - 01 ޖޫން 2026 - 16:49
ތިނަދޫ ސިޓީގައި 6 އަހަރާއި 16 އަހަރާއި ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން "ނަމާދެވެ " ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެސިޓީގެ މޭޔަރ ސައުދު އަލީ ވިދާޅިވެއްޖެއެވެ.
ސައުދު މިކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
"އަސްލު ޓީވީ" އަށް ސައުދު ވިދާޅުވީ މި ޕްރޮގްރާމަކީ ޖަމިއްޔާތަކާއި ގުޅިގެން ކުރިޔަށްގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ. ތުއްތު ކުދިން ބޮޑުވެގެން އަންނަ އިރު ނަމާދުގެ ހުރިހާ ކަންކަން ދަސްކޮށްދިނުމުގެ ގޮތުން ބާއްވާ ހާއްސަ ޕްރޮގްރާމެއް ކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.
ތިނަދޫ ސިޓީ ކައުންސިލާއި އެ ސިޓީގެ މޭޔަރ ގެ އިތުރުން އިތުރު ޖަމިއްޔާތަކެއް ވެސް އަންނަނީ މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް އެއްބާރުލުން ދެމުންނެވެ. އެ ޖަމިއްޔާތަކުގެ ތެރޭގައި ކޮމިއުނިޓީ ގާރޑަން އާއި ވީޓް ޖަމިއްޔާގެ އިތުރުން އަދި ވެސް ދެ ޖަމިއްޔާއެއް ހިމެނޭ ކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.
މޭޔަރ ސައުދު ވިދާޅުވީ މި ޕްރޮގްރާމްގެ ތެރެއިން ޒުވާން ޚާތިބުން ތައްޔާރުކުރުމާއި އިމާމްވެ ނަމާދުކުރާނެ މުދިމުން ތައްޔާރު ކުރުމަށް އިސްކަންދޭ ކަމަށެވެ.
މި ޕްރޮގްރާމަކީ ތިނަދޫ ސިޓީގައި ކުރިޔަށްގެންދާ ޕްރޮގްރާމެއް ނަމަވެސް ޝަރުތުހަމަވާ ހުރިހާ ކުދިންނަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.
ސައުދު ވިދާޅުވީ މިޕްރޮގްރާމުގެ ސަބަބުން ބެލެނިވެރިންނަށް ވެސް ލިބިގެންދާ ހިންހަމަޖެހުމަކަށް ވެގެންދާނެ ކަމަށާއި، ޅައުމުރުގައި އެ ކުދިންނަށް ނަމާދުގެ ޒިކުރުތައް ދަސްކޮށްދިނުމުގެ ސަބަބުން ބެލެނިވެރިންނަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ.
މި ޕްރޮގްރާމަކީ ދެހަފްތާ ދުވަހަށް ކުރިޔަށްދާ ޕްރޮގްރާމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް، ގަވާއިދުތަކަށް ބޯލެނބުމަށް މޭޔަރ ޢާޒިމް އިލްތިމާސް!
41 މިނިޓު ކުރިން

ކުދިންގެ މުސްތަޤުބަލް ރައްކާތެރިކޮށްދިނުމުގައި ސާބިތުކަމާއެކު ސަރުކާރު އޮންނާނެ: ރައީސް
3 ގަޑިއިރު ކުރިން

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ހައްޔަރަށް!
6 ގަޑިއިރު ކުރިން

ބީމްއެލްގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިމަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)