
ކުދިންގެ މުސްތަޤުބަލް ރައްކާތެރިކޮށްދިނުމުގައި ސާބިތުކަމާއެކު ސަރުކާރު އޮންނާނެ: ރައީސް

އާމިނަތު ޝަޒްލާ - 01 ޖޫން 2026 - 14:18
އަދުގެ ސަރުކާރު ދެމިއޮންނާނީ ބެލެނިވެރިންނަށް އެއްބާރުލުންދިނުމާއެކު ކޮންމެ ކުއްޖެއްގެ މުސްތަޤުބަލް ރައްކާތެރިކޮށްދިނުމުގައި ސާބިތުކަމާއެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ގްލޯބަލް ޑޭ އޮފް ޕޭރަންޓްސް ނުވަތަ، ބެލެނިވެރިންގެ ދުވަހާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ވަނީ، އާއިލާތަކުގެ ބިންގާ ބިނާކޮށްދިނުމުގައި، ބެލެނިވެރިން، އެމީހުންގެ މުޅި އުމުރުގައި ވަމުންދާ މަތިވެރި ގުރުބާނީތަކާއި، އެފަރާތްތަކުގެ އިޚްލާޞްތެރި މަސައްކަތްތަކުގެ އަގުވަޒަންކުރައްވާކަމުގައި ވިދާޅުވެފައެވެ. ހަމަމިއާއެކު، އާއިލާއަކީ މުޖުތަމަޢުގެ ބިންގާ ކަމުގައި ދިވެހިންގެ ތެރޭގައި ދެކޭ ސަގާފަތް ދެމެހެއްޓުމަށްޓަކައި، ތަޢުލީމާއި، ޞިއްޙީ ދާއިރާގެ އިތުރުން އިޖުތިމާޢީ ޕްރޮގްރާމްތަކަށް ސަރުކާރުން ކުރާ ވުނަކުރުންތަކަކީ މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދުވެސް ވަނީ އެކަމަނާގެ ރަސްމީ 'އެކްސް' އެކައުންޓުގައި ދުވަހާ ގުޅޭ ޕޯސްޓެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ ޕޯސްޓުގައި، ކުދިންގެ ދިރިއުޅުން ބިނާކުރުމުގައި ލޯތްބާއި، ކެތްތެރިކަމާއެކު ގުރުބާނީތައް ވަމުންދާ ހުރިހާ ބެލެނިވެރިންނާއެކު ސާބިތުކަމާއެކު ހުންނެވިކަން ހާމަކުރައްވާފައިވެއެވެ. އަޅުގަނޑުމެންގެ މުޖުތަމަޢުތަކުގެ ހިތަކީ ޢާއިލީ ބަދަހި ގުޅުންކަމުގައި ސިފަކުރައްވަމުން އެކަމަނާ ވަނީ، ކޮންމެ ކުއްޖަކީވެސް އަޅާލުމާއި، ރައްކާތެރިކަމާއި، ފުރުސަތުތަކުން ފުރިގެންވާ މާހައުލެއްގައި ބޮޑުވާ ކުއްޖެއްކަން ކަށަވަރުކޮށްދިނުމުގައި ބެލެނިވެރިން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރުމަށާއި، އެފަރާތްތަކަށް ބޭނުންވާ ފުރުސަތުތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ކުދިން ބަލާބޮޑުކުރުމާއި ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން އަދާކުރާ ދައުރުގެ އަގުވަޒަންކުރުމުގެ ގޮތުން، ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީ ބެލެނިވެރިންގެ ދުވަހުގެ ގޮތުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ތިނަދޫ ސިޓީގައި "ނަމާދެވެ" ޕްރޮގްރާމް ފަށަނީ
14 މިނިޓު ކުރިން

ކަނޑުމަތީގެ ހާދިސާތައް މަދުކުރުމަށް، ގަވާއިދުތަކަށް ބޯލެނބުމަށް މޭޔަރ ޢާޒިމް އިލްތިމާސް!
15 މިނިޓު ކުރިން

ކުޑަކުދިން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މީހަކު ހައްޔަރަށް!
6 ގަޑިއިރު ކުރިން

ބީމްއެލްގެ ކާޑުތަކުން ކުރާ ބޭރު ފައިސާގެ މުއާމަލާތްތަކަށް މިމަސް ނިމޭއިރު ބޮޑު ލުޔެއް ލިބޭނެ: ރައީސް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)