logo

ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ސިއްހީ އާދަތަކަށް ޅައިރުއްސުރެން އަހުލުވެރިވުން މުހިއްމު: ރައީސް

profile

މުޙައްމަދު ފަޟްލޫން - 14 ނޮވެމްބަރު 2025 - 10:03

ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ސިއްހީ އާދަތަކަށް ޅައިރުއްސުރެން އަހުލުވެރިވުން މުހިއްމު ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކެއިން ބުއިމާއި ހަރަކާތްތެރިވުމާއި ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ސިއްހަތަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާއި ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަންޖެހޭ ކަމަށް ރައީސްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ސިއްހީ ރަނގަޅު އާދަތައް މުޖުތަމައު ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމާއަތްތަކާއި ފަރުދުންގެ ފެންވަރުގައިވެސް ކުރަމުންދާ މަސައްކަތްތަކަށް ރައީސް ވަނީ ޝުކުރުދަންނަވާފައެވެ.

ދިވެހިންނަކީ ބަލިތަކާއި ދުރު ދުޅަހެޔޮ ބައެއްގެ ގޮތުގައި ދެމިތިބެ ގައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ އަޒުމް މިފަދަ ކޮންމެ ދުވަހަކު އައުކުރަންވާނެ ކަަމަށް ރައީސް ގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަސް ފާހަގަކުރަމުންދަނީ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay