
މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ މަގާމަށް ޝިޔާމް ރައީސް ޑރ މުއިއްޒު އައްޔަނުކޮށްފި

މުޙައްމަދު ފަޟްލޫން - 15 އޭޕްރީލު 2026 - 06:28
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ކަމަށް އަލްފާޟިލް އަޙްމަދު ޝިޔާމް މިއަދު ޢައްޔަންކުރައްވައިފިއެވެ.
ވަޒީރަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ސޮއިކުރެއްވިއެވެ.
މީގެ ކުރިން ޝިޔާމް ހުންނެވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރުގެ މަގާމުގައެވެ.
ކެބިނެޓަށް ރައީސް މުއިއްޒު އިއްޔެ ގެންނެވި ބަދަލުތަކުގެ ތެރޭގައި މިނިސްޓްރީތަކުގެ އަދަދު މަދުކޮށް ވަޒީރުންގެ ޖުމްލަ އަދަދު 21 އިން 12 އަށް ވަނީ މަދުކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޑިފެންސް މިނިސްޓްރީގެ ނަން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް އަށް ރައީސް ބަދަލުކުރައްވައިފި
4 ގަޑިއިރު ކުރިން

ރައީސް އޮފީހުގެ ޗީފް ގަވަރމަންޓް ސްޕޯކްސްޕާސަން ކަމަށް މުހައްމަދު ހުސައިން ޝަރީފް އައްޔަނުކޮށްފި
4 ގަޑިއިރު ކުރިން

17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި
4 ގަޑިއިރު ކުރިން

ލުނބޯ ކިލޯއެއްގެ އަގު 110 ރުފިޔާ އަށް އަރައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)