logo

ބްރެޒިލްގެ ރިޔާސީ ހަތަރުވަނަ ދައުރެއް ލޫލާ ކާމިޔާބު ކުރައްވައިފި

profile

ރިޟްވާން މޫސާ - 26 އޮކްޓޯބަރު 2026 - 04:02

ބްރެޒިލް، މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވާދަވެރި ރިޔާސީ އިންތިޚާބުގައި، ވާތު ފިޔަހީގެ ތަޖުރިބާކާރު ސިޔާސީ ޝަޚްސިއްޔަތު ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ، ހަތަރުވަނަ ދައުރަކަށް ބްރެޒިލްގެ ރައީސްކަން ކާމިޔާބު ކުރައްވައިފިއެވެ. މި އިންތިޚާބުގައި ލޫލާ ވާދަކުރެއްވީ ކަނާތު ފިޔަހީގެ ފްލާވިއޯ ބޮލްސޮނާރޯއާ އެވެ. މިއީ ލޫލާ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެއްވި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ ޖެނުއަރީ 2003 އިން ޑިސެމްބަރު 2010 އަށް ދެ ދައުރު، އަދި ޖެނުއަރީ 2023 އިން ފެށިގެން އެއް ދައުރު ރައީސްކަން ކުރައްވާފައެވެ.

https://wamco.com.mv/

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ދެވަނަ ބުރުގެ އިންތިޚާބާ ހަމައަށް ލޫލާ ކުރެއްވި ދަތުރު ފަސޭހައެއް ނޫނެވެ. އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު ބޭއްވި ފުރަތަމަ ބުރުގައި ބޮލްސޮނާރޯ ލޫލާގެ މައްޗަށް ކުރި ހޯއްދަވާފައިވާއިރު، އެންމެ ތިން ހަފުތާގެ ތެރޭގައި މި ނަތީޖާ ބަދަލުކޮށްލެވިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. ނަމަވެސް، ފުރަތަމަ ބުރުގެ ނާކާމިޔާބީއަށްފަހު، ލޫލާގެ ކެމްޕޭން އަލުން ވަރުގަދަވީ މަގުމަތީގެ މުޒާހަރާތަކާއި ސޯޝަލް މީޑިއާގެ ވަރުގަދަ ހަރަކާތްތަކާ އެކުގައެވެ.

ލޫލާގެ މި ކާމިޔާބީއަކީ ލެޓިން އެމެރިކާގެ ގައުމުތަކުގައި މިހާރު ފެންނަމުންދާ އާންމު އޮއިވަރާ ދެކޮޅަށް ހޯއްދެވި ކާމިޔާބީއެކެވެ. އެ ސަރަހައްދުގެ އާޖެންޓީނާ، ޗިލީ އަދި ކޮލަމްބިއާ ފަދަ ބޮޑެތި ގައުމުތަކުގެ ވެރިކަމަށް މިހާރު އަންނަމުންދަނީ ކޮންޒަވޭޓިވް ނުވަތަ ކަނާތު ފިޔަހީގެ ލީޑަރުންނެވެ. ތެލާއި މައުދަނުން މުއްސަނދި ބްރެޒިލަކީ މިހާރު ދެކުނު އެމެރިކާގައި ކަނާތު ފިޔަހީގެ ވެރިއަކު ނެތް ހަމައެކަނި ބޮޑު ގައުމެވެ.

1989 ވަނަ އަހަރުން ފެށިގެން ބްރެޒިލްގެ ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ ލޫލާ، 2027 ޖެނުއަރީ 5 ގައި އައު ދައުރެއް ފަށްޓަވާއިރު، އޭނާއަށް ކުރިމަތިލާން ޖެހިވަޑައިގަންނަވާނީ ދާޚިލީ އަދި ޚާރިޖީ ގޮތުން ގޮންޖެހުންތައް ބޮޑު މާހައުލަކާއެވެ. މީގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނުރުހުން ހިމެނެއެވެ. ޓްރަމްޕް ސީދާ ގޮތުން ބޮލްސޮނާރޯއަށް ތާއީދު ނުކުރެއްވި ނަމަވެސް، 213 މިލިއަން މީހުންގެ އާބާދީއެއް އޮތް ބްރެޒިލްގެ ވެރިކަމުގައި ކޮންޒަވޭޓިވް ލީޑަރަކު ހުރުމަށް އެމެރިކާގެ ސަރުކާރުން އިސްކަންދޭނެކަން ކަށަވަރެވެ. ވައިޓް ހައުސްއިން ލެޓިން އެމެރިކާއަކީ އެމެރިކާގެ ނުފޫޒު އޮންނަ ސަރަހައްދެއްގެ ގޮތުގައި ދެކޭއިރު، ޗައިނާގެ ނުފޫޒު ކުޑަކުރުމަށްޓަކައި އެމެރިކާގެ ސިޔާސަތުތަކަށް ތާއީދުކުރާ ވެރިން އެ ސަރަހައްދުގައި ތިބުމަށް ބޭނުންވެއެވެ. ލޫލާއަކީ ޗައިނާއާ ގާތް ގުޅުމެއް ބާއްވާ ބޭފުޅެއްގެ ގޮތުގައި ބެލެވެއެވެ.

ލޫލާގެ ކާމިޔާބީއާއެކު ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ވަނީ އުންމީދެއް ލިބިފައެވެ. ބޮލްސޮނާރޯގެ ވެރިކަމުގައި އެމެޒޯން ޖަންގަލިތައް ހަލާކުކުރުމާއި ދަނޑުވެރިކަމާއި މައިނިންގް ދާއިރާއަށް ބޮޑެތި ލުއިތަކެއް ދީފައިވާތީ، އެ ފަރާތްތަކުން ތިބީ ކަންބޮޑުވުމެއްގެ ތެރޭގައެވެ.

ލޫލާގެ ސަޕޯޓަރުން އުފާފާޅުކުރަމުން ދިޔަ ނަމަވެސް، އިންތިޚާބުގެ ނަތީޖާއިން ދައްކައިދެނީ ގައުމު އޮތީ ވަރަށް ބޮޑަށް ބައިބައިވެފައިވާ ކަމެވެ. ވޯޓުލީ މީހުންގެ 48 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓު ދިނީ ބޮލްސޮނާރޯއަށެވެ. މީގެ އިތުރުން، ބްރެޒިލްގެ ތާރީޚުގައި މިހާތަނަށް އިންތިޚާބުވި އެންމެ ކަނާތު ފިޔަހީގެ ކޮންގްރެސްއާ އެކު މަސައްކަތް ކުރެއްވުމަކީ ލޫލާއަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

ލޫލާ ވިދާޅުވެފައިވަނީ މިއީ ބްރެޒިލްގެ ސިޔާސީ މަސްރަހު ބަދަލުކޮށްލާނެ އިންތިޚާބެއް ކަމަށާއި، ގައުމުގެ ބައިބައިވުން ނައްތާލައި، "އައު ގޮތަކަށް ވެރިކަން ކުރައްވާނެ" ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމުގައި ދެމިހުންނަވާނެ ކަމަށް ވައުދުވެވަޑައިގެންފައިވެއެވެ. ނަމަވެސް، އިދިކޮޅު ކޮންގްރެސްއަކާއެކު، އުމުރުން 85 އަހަރުފުޅުގައި މި ދައުރު ފުރިހަމަކުރެއްވުމަކީ ކުރީގެ ތިން ދައުރަށްވުރެ މާ އުނދަގޫ ކަމަކަށް ވެގެންދާނެއެވެ.

https://wamco.com.mv/
tel:+9607331319