logo

ހިޒްބުﷲގެ ވަރުގަދަ ހަމަލާތަކެއް އިސްރާއީލަށް، އިސްރާއީލުގެ އެންމެބޮޑު އެއަރޕޯޓަށްވެސް ހަމަލާ އަމާޒުވި

profile

ސައިފް އަޒުހަރު - 06 ނޮވެމްބަރު 2024 - 21:25

ލުބުނާނުގެ ހިޒްބުﷲއިން އިސްރާއީލަށް މިއަދު އެކަނިވެސް 120 ރޮކެޓު ފޮނުވައި ހަމަލާ ދީފިއެވެ.

އިސްރާއީލުގެ އުތުރާއި، މެދުތެރޭ ރަށްތަކަށް ރޮކެޓް ހަމަލާތައް އަމާޒުވަމުންދާކަން އިސްރާއީލުގެ ޓީވީ ޗެނަލްތަކުންވެސް ރިޕޯޓް ކުރަމުން ދެއެވެ.

އަދި ރޮކެޓް ހަމަލާތައް އަމާޒުވެ އިސްރާއީލުގެ އުތުރުގެ އެތައް އަވަށެއްގައި ބޮޑެތި އަލިފާންގަނޑުތައް ރޯވެ އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯތައްވެސް އާންމުވެފައި ވެއެވެ.

މި ހަމަލާތަކުގައި އިސްރާއީލު މީހުން މަރުވެ އަދި ޒަޚަމްވި ކަމުގެ ރިޕޯޓްތައް ފެތުރެމުންދިޔަ ނަމަވެސް، އިސްރާއީލުން އެއްވެސް އެއްޗެއް ނުބުނެއެވެ.

މީގެއިތުރުން، މިސައިލް ހަމަލާތައް އަންނާނީ މުޅި އިސްރާއީލުން މިއަދު ދެފަހަރަށް ނުރައްކަލުގެ ޑަނޑޫރާގެ އަޑުފަށްގަނޑު އިވިގެން ގޮސްފައިވެއެވެ.

ހިޒްބުﷲއިން ފޮނުވާލި ބެލިސްޓިމް މިސައިލެއް އިސްރާއީލުގެ އެންމެ ބޮޑު އެއަރޕޯޓް ކައިރިއަށް އަމާޒުވެ ގޮވައިގެންދާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ބައެއް ރިޕޯޓްތައް ބުނަނީ މިސައިލް ހަމަލާ އަމާޒުވީ އެއަރޕޯޓުގެ ރަންވޭއަށެވެ. އަނެއްގައި ރިޕޯޓްތައް ބުނަނީ ހަމަލާ އަމާޒުވީ އެއަރޕޯޓުގެ ޓާމިނަލް ބޭރުގައި ހުންނަ ޕާކިން ސަރަހައްދަށް ކަމަށެވެ.

ހިޒްބުﷲއިން ބުނެފައިވަނީ މިސައިލް ހަމަލާ ދިނީ އެއަރޕޯޓް ކައިރީގައި އޮންނަ އިސްރާއީލު ސިފައިންގެ ބޭހަކަށް ކަމަށެވެ.

މި ހަމަލާއާއެކު އެއަރޕޯޓުގެ އޮޕަރޭޝަންތައް ވަގުތީގޮތުން ހުއްޓާލަން ޖެހުނެވެ.

ހިޒްބުﷲގެ ވެރިޔާ ނައީމް ގާސިމް ވިދާޅުވީ، ޑިޕްލޮމަސީގެ ބޭނުންކޮށްގެން އިސްތިއުމާރީ އިސްރާއީލު ނުހުއްޓުވޭނޭ ކަމަށާއި، އިސްރާއީލު ހުއްޓުވޭނީ ހަނގުރާމަކޮށްގެން ކަމަށެވެ. އެކަމަށް ހިޒްބުﷲގެ މުޖާހިދުން ތިބީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށްވެސް ނައީމް ގާސިމް މިއަދު ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319