
އިސްރާއީލުން ގެންގުޅެނީ ފަލަސްތީނުގެ ހުރިހާ ބިންތައް އަތްދަށުލުމުގެ ފިކުރެއް: ފަލަސްތީނު ފޮރިން މިނިސްޓަރ

ސައިފް އަޒުހަރު - 09 އޯގަސްޓު 2025 - 15:05
އިސްތިއުމާރީ އިސްރާއީލުން ގެންގުޅޭ ބިންތައް ހިސާރުކުރުމުގެ ފިކުރަކީ ފަލަސްތީނުގެ ހުރިހާ ބިންތައް އަތްދަށުލުމުގެ ފިކުރު ކަމަށް ފަލަސްތީނު ސަރުކާރުގެ ޚާރިޖިއްޔާއިން ބުނެފިއެވެ.
ފަލަސްތީނުގެ ޚާރިޖިއްޔާއިން މިކަން ހާމަކޮށްފައިވަނީ، ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީގެ މުޅި ކޮންޓްރޯލް ނެގުމަށް، އިސްތިއުމާރީ އިސްރާއީލުން ނިންމުމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.
ފަލަސްތީނު ސަރުކާރުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، ވަރްސަން އަޤަބިކިއަން ޝާހީން ވިދާޅުވީ، ފާއިތުވީ 22 މަސްދުވަހު އިސްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ހިންގަމުން ގެންގޮސްފައިވަނީ ނަސްލުނައްތާލުން ފިޔަވައި އިތުރުކަމެއް ނޫން ކަމަށެވެ.
އެހެންކަމުން، ފަލަސްތީނުން އުންމީދުކުރަނީ، ބައިނަލްއަގްވާމީ އަދި އިންސާނީ ގާނޫނުތަކުގެ ހިމާޔަތުގައި ބައިނަލްއަގްވާމީ މުޖުތަމައު ތެދުވާނެކަމަށް ކަމަށް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ވިދާޅުވިއެވެ.
އެމެރިކާއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސުލްހާ ހޯދަން ބޭނުންނަމަ، ފަލަސްތީނު ރައްޔިތުންނަށް ލިބިގެންވާ ހައްގުތަކަށް ފުންކޮށް ނަޒަރު ހިންގައި ބަލަންޖެހޭ ކަމަށް ވިދާޅުވިއެވެ.
އދގެ ޗާޓަރުން ކަށަވަރުކޮށްދީފައިވާ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިހްތިރާމް ނުކުރާހާހިނދަކު، އިސްރާއީލަށްވެސް، ފަލަސްތީނަށްވެސް، ސަރަހައްދަށްވެސް އަދި ދުނިޔެއަށްވެސް ހަގީގީ ސުލްހައެއް ނުގެނެވޭނޭ ކަމަށް ފަލަސްތީނު ސަރުކާރުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، ވަރްސަން އަޤަބިކިއަން ޝާހީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޣައްޒާގައި ވެރިކަންކުރާނެ ބަޔަކު ނިންމަންވީ ފަލަސްތީނު ރައްޔިތުން ކަމަށެވެ.
ފަލަސްތީނުގައި އޮތް ގާނޫނީ ވެރިކަމުގެ އިދާރާއަކީ ޕީއެލްއޯ ކަމަށާއި، ޣައްޒާ ކުރިންއޮތް ގޮތަށް ބަދަލުކުރާނަމަ އަދި ޣައްޒާގެ ވެރިކަން ބަދަލުކުރާނަމަވެސް، ޣައްޒާ ހަވާލުކުރަން ޖެހޭނީ ޕީއެލްއޯއާ ކަމަށް، ފަލަސްތީނު ސަރުކާރުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، ވަރްސަން އަޤަބިކިއަން ޝާހީން ވިދާޅުވިއެވެ.
ފަލަސްތީނު ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ވަނީ، ގާޒާ ސިޓީ ހިފުމަށް އިސްރާއީލުން ނިންމި ނިންމުމާ ދުނިޔެއިން ދައްކަމުންދާ ދެކޮޅުވެރިކަމަށް މަރްހަބާ ކިޔައި، ޝުކުރު އަދާކޮށްފައެވެ.
ފަލަސްތީނު ޚާރިޖިއްޔާއިންވަނީ، ގާޒާ ސިޓީ ހިފުމުގެ ޕްލޭނާއި، ޣައްޒާގެ އިންސާނީ ހާލަތުގެ ކާރިޘާގެ ހާލަތު ހުއްޓުވަން އިސްރާއީލަށް ޕްރެޝަރ ކުރުމަށް ދުނިޔެއަށް ގޮވާލާފައެވެ.
އަދި ފަލަސްތީނުގެ މިނިވަން ދައުލަތް މިހާތަނަށް ގަބޫލުނުކޮށް ތިބި ގައުމުތަކުން އެކަން ކުރުމަށްވެސް، ފަލަސްތީނު ޚާރިޖިއްޔާއިން ދުނިޔެއަށް ގޮވާލާފައި ވެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމެރިކާގެ ސަފީރު ފޮރިން މިނިސްޓަރުގެ އަރިހަށް ޒިޔާރަތް ކުރައްވައިފި
22 ދުވަސް ކުރިން

ރާއްޖޭގައި ޓްރަމްޕް ބްރޭންޑުގެ ލަގްޒަރީ ރިސޯޓެއް ހުޅުވަން ނިންމައިފި
މަހެއް ކުރިން

ރާއްޖެ އާއި ފަލަސްތީނާއި ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗްގެ ސްވެނިއާ ޓިކެޓް ރައީސް ބައްލަވައިގެންފި
2 މަސް ކުރިން
.webp&w=3840&q=75)
ދެކުނު ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް، ޚާން ޔޫނިސްގައި ބޮމުގެ އަޑުފައްގަނޑު!
2 މަސް ކުރިން


